
އެ މަސައްކަތްކޮށްފައި ވަނީ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ވޭހައި ކިއުޒެޑް ބްލޫސީ ފުޑްސް ކޮމްޕެނީ ލިމިޓެޑުންނެވެ. ރާއްޖެ އިން އެ ގައުމަށް ބޭރުކުރި ކަނޑުމަސް ބޭނުންކޮށްގެން މަސްދަޅުގެ އުފައްދާފައި ވަނީ ޗައިނާގެ "ޖިންގްވެއިޑާއޯ" ބްރޭންޑް ޓީމާ ގުޅިގެންނެވެ.
މި މަސްދަޅު ސާމްޕާލްގެ ފުރަތަމަ ބެޗްގެ މަސްދަޅުތަކެއް ޗައިނާފައި ހުންނަވާ ރާއްޖޭގެ ސަފީރު ފަޒީލު ނަޖީބަށް ވެސް އަރުވާފައިވާ އިރު، ޗައިނާ އިން މިކުރި މަސައްކަތް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވަނީ މަރުހަބާ ވިދާޅުވެފައި އެވެ.
ޝިޔާމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޗައިނާ-ދިވެހިރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ގެ ސަބަބުން މި ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި ކާމިޔާބީއަކީ ދެގައުމުގެ ވިޔަފާރީގެ ގުޅުމަށާއި ދެމެހެއްޓެނިވި މަސްވެރިކަމަށް، އަދި ސަރަޙައްދީ އެއްބާރުލުމަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއްކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައި އެވެ.
ރާއްޖެ އިން ޗައިނާއާ އެކުގައި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އާ އެކުގައި ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުންތަކެއް ހެން ޗައިނާ އަށް ސުން ޓެކުހުގައި އެކްސްޕޯޓް އެއްބަސްވުމަށް މިއަހަރު ޖެނުއަރީ 1 ގައި ވަނީ އަމަލުކުރަން ފަށާފަ އެވެ.
މި އެއްބަސްވުމުގެ ސަބަބުން މަސްވެރި ސިނާއަތު ކުރިއަރުވައި ސިންދަފާތު ކުރުމަށް ގިނަ ގުނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ބުނެފަ އެވެ.
ރާއްޖެ އިން މައިގަނޑު ގޮތެއްގައި ބޭރަށް އެކްސްޕޯޓްކުރާ ބާވަތަކީ ކަނޑު މަހުގެ ބާވަވްތަތެކެވެ.