ads
ރިއާ ޗަކްރަވަތީ--
ޖަލުން އައި ގޮތަށް ރިއާ މަންމަ ކައިރީ ބުނީ މިހެން!
ޖަލުގައި 28 ދުވަސް ހޭދަކުރުމަށް ފަހު ރިއާ ކަަފާލާތުގެ ދަށުން މިދިޔަ ބުދަ ދުވަހު ވަނީ މިނިވަންވެފަ އެވެ. ފަހުން އޭނާގެ ވަކީލު، ސަތިޝް މަނެޝިންޑޭ ބުނީ ރިއާ ޖަލުގައި ހޭދަކުރީ ޔޯގާކުރުމުގައި ކަމަށެވެ.

28 ދުވަހު ޖަލުގައި އުޅުމަށް ފަހު އަނބުރާ އައި ގޮތަށް ރިއާ ދެއްކެވި ވާހަކަ އޭނާގެ މަންމަ ސަންދިޔާ މިވަނީ އިންޓަވިއުއެއްގައި ހިއްސާކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް މައިންބަފައިން ފެނުމާއެކު އޭނާ ވަނީ އެހާ ދެރަވެފައި ތިބީ ކީއްވެތޯ ސުވާލުކޮށްފައި ކަމަށް މަންމަ ބުނެ އެވެ. އަދި ހިތްވަރުކުރަންވާނެ ކަމަށާއި މިކަމާ ދެކޮޅަށް "ފައިޓް" ކުރަން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ. 

ރިއާ މަންމަ ވަނީ އޭނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ކަންތައްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެކަންކަމުން ދަރިފުޅު އަރައިގަންނާނެ ގޮތާއި މެދު ސުވާލު އުފައްދާ އޭނާގެ މަންމަ ވަނީ ތެރަޕީ ނަގައިގެން އޭނާ މާވަރުގަދަ ކަމާއެކު އަނބުރާ އަންނާނެ ކަމަށް ބުނެފަ އެވެ.

ރިއާގެ ލޯބިވެރިޔާ ސުޝާންތު ސިންގް ރާޖުޕުތުގެ މަރުގެ މައްސަލައިގެ ތެރެއިން ފެންމަތިވެގެން އުޅޭ ޑްރަގުގެ މައްސަލައާ ގުޅިގެން ރިއާ ހައްޔަރުކުރިއިރު އޭނާގެ ކޮއްކޮ ހައްޔަރުކުރި އެވެެ. އެކަމަކު ކަފާލާތުގެ ދަށުން އޭނަ މިނިވަންކޮށްފައެއް ނުވެ އެވެ.

އެމައްސަލައިގެ ތަހުގީގަށް ރިއާ ވަނީ ބޮލީވުޑުގައި ޑްރަގު ބޭނުންކުރާ މީހުންގެ ލިސްޓު ވެސް ހިއްސާކޮށްފައި ކަމަށް ބުނެ އެވެ. އަދި އެ ލިސްޓަށް ރިއާޔަތްކޮށް މިފަހުން ދީޕިކާ ޕަޑުކޯން އާއި ސާރާ އަލީ ހާން އަދި ރަކުލް ޕްރީތު ސިންގް އާއި ޝްރައްދާ ކަޕޫރު ވެސް ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ.

25%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް