ads
ހުޅުމާލޭ ޖަލުގައި ރެންޑަމް ސާމްޕަލް ނަގަނީ--
ހުޅުމާލޭ ޖަލުން ޕޮޒިޓިވްވި އެންމެން ރަނގަޅުވެ، ޖަލު އާންމު ހާލަތަށް
ހުޅުމާލެ ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެން ބަލިން ރަނގަޅުވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ހުޅުމާލޭ ޖަލުން ކޮވިޑަށް ޕޮޒިޓިވްވި ގައިދީނާއި ބަންދު މީހުންވަނީ ބަލިން ރަނގަޅުވެފައި ކަމަށާއި އެގޮތުން ޖަލުގައި އޮތް ކަރަންޓީނު މުއްދަތު ނިމުމަކަށް އައުމުން ޖަލުވަނީ އާންމު ހާލަތައް މިއަދުން ފެށިގެން ގެނެވިފައިވާ ކަމަށެވެ. 

އަދި އެހާލަތުން އަރައިގަތުމަށް މަސައްކަތްކޮށް ދެއްވި އޮފިސަރުންނަށާއި ހުރިހާ ފަރާތްތަކަށް ކޮމިޝަނާ އޮފް ޕްރިޒަންސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

އޮގަސްޓް 23 އިން ފެށިގެން ހުޅުމާލޭ ޖަލާއި، ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ގައިދީންނާއި ބަންދުގައި ބައިތިއްބާފައި ތިބޭ މީހުންގެ އިތުރުން ތަނުގެ މުވައްޒަފުންނާއި އޮފިސަރުން ހިމެނޭހެން މުޅި ޖުމްލަ 82 ސާމްޕަލެއް ނެގިއެވެ. ޕޮޒިޓިވްވެފައި ވަނީ އޭގެ ތެރެއިން 26 ސާމްޕަލެކެވެ. 

އެގޮތުން ހުޅުމާލެ ޖަލާއި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ އޮފިސަރުންނާއި މުވައްޒަފުންގެ 10 ސާމްޕަލް ނަގާފައިވާއިރު، ހުރިހާ ސާމްޕަލެއްގެ ނަތީޖާ ވެސް ވަނީ ނެގެޓިވްވެފަ އެވެ. 

އަދި ހުޅުމާލެ ޖަލާއި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ގައިދީންގެ 41 ސާމްޕަލެއް ނަގާފައިވާއިރު އެގޭ ތެރެއިން 16 މީހަކު ޕޮޒިޓިވްވި އެވެ. ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ރާއްޖެއިން ފުރުވާލެވެންދެން ބައިތިއްބާފައި ތިބޭ ބިދޭސީގެ ތެރެއިން 31 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 10 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކުރިން ކަރެކްޝަންސް އިން ނެރުނު ތަފާސްހިސާބުތަކުން ދައްކަ އެވެ. 

ކަރެކްޝަންސް އިން ވަނީ ހާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތަށް ޖަލުތަކުގައި މެދުކެނޑުމެއްނެތި ފިޔަވަޅުތައް އަޅާފަ އެވެ. އަދި ޖަލުގައި މީހުން ޕޮޒިޓިވްވާން ފެށުމުން ކަރެކްޝަންސް އިން ވަނީ އެ ސާވިސްގެ ހިދުމަތްތައް ދެމުން އަންނަ ގޮތްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް