ads
ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު——ފޮޓޯ:އެމްޓީސީސީ
ފީވަށް ބަނދަރު މަޝްރޫއު: މިހާރު ކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް
ށ. ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، (އެމްޓީސީސީ) އިން ބުނެފި އެވެ.

ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވާއިރު މިހާރު އެ މަސައްކަތުގެ ތެރެއިން ކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ޖެހުމުގެ މަސައްކަތްތަކެވެ.

your imageފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު———

އެ މަޝްރޫއުގެ ދަށުން، 31،303 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 504 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުން ހިމެނޭ ކަމަށް އެމްޓިސީސީން މައުލޫމާތު ދެއެވެ.

އަދި 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި އަދި 2،320 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އެ މަޝްރޫއުތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ހައުސިން މިނިސްޓްރީން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ 69.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގައި ސޮއިކޮށްފައިވަނީ ދޭއް ޖުލައި 2019 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް