ads
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު: ފޮޓޯ ވަން
ރައީސް ޔާމިންގެ މައްސަލަ ބަލާ ބެންޗުގެ މައްސަލައެއް ސުޕްރީމްކޯޓަށް
ރައީސް ޔާމިންގެ މައްސަލަ ބަލާ ބެންޗުގެ މައްސަލައެއް ސުޕްރީމްކޯޓަށް ހުށަހަޅައިފިއެވެ.
Advertisement
ރައީސް ޔާމިންގެ މައްސަލަ ބަލާ ބެންޗުގެ މައްސަލައެއް ސުޕްރީމްކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކޯޓުތަކުގެ ގާނޫނާ ހިލާފަށް ބެންޗު އެކުލަވާލާފައިވާކަމަށް ބުނެއެވެ.

ބެންޗެއް އެކުލަވާލަން ޖެހޭނީ ފަނޑިޔާރުންގެ މަޖިލީހުގައި މަޝްވަރާކޮށްފަ ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ މައްސަލާގައި ބެންޗުގައި އެކުލަވާލާފައިވަނީ އެއާ ހިލާފަށް ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އަމިއްލައަށްކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

ރައީސް ޔާމިންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނޭ އިސްގާޒީގެ ސުލޫކީ މައްސަލައެއް ވެސް ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވަބީ ޖޭއެސްސީއަށް ހުށަހަޅާފައެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ ގާޒީ އަލީރަޝީދު ފަނޑިޔާރުންގެ ގާނޫނުގައި ހިލާފަށް މީޑިއާއަށް އިންޓަވިއު ދެއްވުން ދެއްވާފައިވާކަމަށް ބުނެއެވެ.

ނަމަވެސް ރައީސް ޔާމިންގެ މައްސަލަ ބައްލަވާ ބެންޗުން ވަނީ އެ މައްސަލައިގައި ގާޒީ އަލީރަޝީދުގެ މައްސަލައެއް ނެތްކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބެންޗުގައި ހިމެނޭ ހުރިހާ ގާޒީންގެ އިއްތިފާގުން ނިންމާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ހުކުމް ކުރުމުގެ މަޖިލިސް މާދަމާ މެންދުރު ފަހަށް ވަނީ ތާވަލުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަ ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރުފަހު 01:30 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލައިގަ އެވެ.

އެ މައްސަލަ ކުރިން ބައްލަވަމުން ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް އެވެ. އެހެންނަމަވެސް ހައިލަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން ގެންދާތީ އެކޮމިޝަނުން ވަނީ ހައިލަމް ސަސްޕެންޑް ކޮށްފަ އެވެ. އަދި ރައީސް ޔާމީންގެ މައްސަލަ އާއި މިހާރު ހަވާލުވެވަޑައިގެން ހުންނެވީ ކްރިމިނަލް ކޯޓު ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދެވެ.

މައްސަލަ ބެންޗަކުން ބަލައިދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން ގާޒީ އަލީ ރަޝީދު ވަނީ އެމައްސަލަ އަށް ބެންޗެއް އެކުލަވާލައްވާފަ އެވެ. ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދާއި، ގާޒީ އަހްމަދު ޝަކީލާއި، ގާޒީ މުހައްމަދު ސަމީރާއި، ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސައިން ފާއިޒް ރަޝީދެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;