މިއަދު ބޭއްވި މި އިންތިހާބުގައި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި ސަރަހައްދުގަ އެވެ.
އެ ހަމަނުޖެހުމުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ގްރޫޕެއްގެ މެދުގައި ބަހުގަ ހަމަލާ ބަދަލުކޮށް އެކަކު އަނެކަކަށް ހަމަލާ ދީފައިވެ އެވެ. އަދި އެ ސްކޫލުގެ ބައެއް ގޮނޑި އާއި މޭޒަށް ވެސް ގެއްލުން ދީފަައިވެ އެވެ.
ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކުރާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.
މި ހަމަނުޖެހުން މިރޭ ހިނގާފައިވާއިރު، މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ، އިންތިހާބުގެ ކަންކަން މުޅި ރާއްޖޭގައިވެސް ކުރިއަށްދަނީ ވަރަށް އޮމާންކޮށް އަދި ސުލުހަވެރިކަމާއެކު ކަމަށެވެ.
ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.
މި އިންތިހާބަށްފަހު، ޕީއެންސީގެ ބޮޑު ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;