ads
ވިއެޓްނާމާއި ކެމްބޯޑިޔާގެ ސަރަހައްދަށް ތޫފާން ނަންކާ އަރައި، 40 މީހުން މަރުވެއްޖެ
ވިއެޓްނާމް އާއި ކެމްބޯޑިއާގެ ސަރަހައްދުތަކަށް ތޫފާނެއް އަރައިފިއެވެ.

މިޔަދު ވިއެޓްނާމް އާއި ކެމްބޯޑިއާގެ ސަރަހައްދުތަކަށް އެރި ތޫފާން ނަންކާގެ ސަބަބުން ގާތްގަނޑަކަށް ސާޅީސް މީހުން މަރުވެފައި ވާއިރު، ގިނަ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އޭގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައްވެސް ހިމެނެއެވެ.

މިހާތަނަށް ތޫފާން ނަންކާގެ ސަބަބުން ކެމްބޯޑިއާގެ 25،000 އަށް ވުރެ ގިނަ ގެތަކާއި 84،000 ހެކްޓަރުގެ ދަނޑު ބިންތަކަށް ގެއްލުންވެފައި ވާއިރު، ވިއެޓްނާމްގެ ބޮޑެ ސަރަހައްދަކަށް ވަނީ ތޫފާންގެ އަސަރު ކޮށްފައެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން ވިއެޓްނާމް އާއި ކެމްބޯޑިއާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާހަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާކަމަށް ވިއެޓްނާމްގެ އޮފިޝަލުންނާއި ދައުލަތުގެ މީޑިޔާ އިން ރިޕޯޓްކޮށްފައިވެ އެވެ.

ކުރިޔަށް ހުރި ދުވަސްތަކުގައި ތޫފާން ބާރުގަދަވެ، އޭގެ ސަބަބުން ގަޑިޔަކު 100 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ގަދަވެ، ވިއެޓްނާމްގެ އުތުރަށާއި ހުޅަނގަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ލަފާ ކުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް