ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
އުމުރަށް ޖަލަށްލާފައި ހުރި މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި
އުމުރަށް ޖަލަށްލާފައި ހުރި މީހަކު، މަސްތުވާތަކެއްޗާއެކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
Advertisement

ހ. މިލްކްބުޝް، އަހްމަދު އަކްރަމް މަސްތުވާތަކެއްޗާއެކު ހައްޔަރުކުރިއިރު، އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 2021 ވަނަ އަހަރު އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ހުރި މީހެކެވެ.

އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައިވަނީ، ޑައިމޯފިކް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެގެން، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށް ކްރިމިނަލް ކޯޓުގެ ރެކޯޑްތަކުން ދައްކައެވެ. 

މި މައްސަލަ ހައިކޯޓުން ބާތިލު ކުރި ކަމަކަށް އެ ކޯޓުގެ ރެކޯޑްތަކަކުން ނުދައްކައެވެ. އެހެންކަމުން، މި މީހާ އަލުން ހައްޔަރު ކުރެވޭ ހާލަތަށް ދިޔައީ ސީދާ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.  

އޭނާ އަލުން ހައްޔަރު ކޮށް، ހަތް ދުވަހުގެ މުއްދަތެއް ކޯޓުންވަނީ ޖަހާފައެވެ. ބުރާސްފަތި ދުވަހު، އޭނާ ހަތް ދުވަހަށް މުއްދަތު ޖެހީ، ކްރިމިނަލް ކޯޓުގެ ގާޒީ އައިޝަތު ނުޒުހާއެވެ. 2021 ވަނަ އަހަރު އޭނާ އުމުރަށް ޖަލަށްލާން ހުކުމް ކުރީ ގާޒީ މުހައްމަދު މިސްބާހުއެވެ.

ބުރާސްފަތި ދުވަހު، ހަތް ދުވަހަށް މި މީހާ ބަންދު ކުރަން ނެރުނު އަމުރުގައި، އޭނާގެ ރެކޯޑްތައް އޮންނަކަން ފާހަގަކޮށްފައިވެއެވެ.

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް