
ސަރުކާރަށް ފާޑު ވިދާޅުވަމުން، ކުރީގެ ފޮރިން މިނިސްޓަރ އަދި މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ސީނިއަރ އެއް ސްޓޭޓްސްމަން ކަމަށްވާ ޝާހިދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެހިއްޖެ ކަމަށެވެ.
ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ވިދާޅުވަމުން ޝާހިދު ވިދާޅުވީ، ގައުމު ބަގުރޫޓުވެގެން ދިޔަ ނުދިނުމަށް އެމްއެމްއޭއިން އަޅުއްވާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކޮށްދެއްވަން ޖެހޭ ކަމަށެވެ.
ގައުމީ ބޭންކް، ބީއެމްއެލްގެ ބޭރު ފައިސާގެ ކާޑު ލިމިޓް 500 ޑޮލަރަށް މި ފަހުން އިތުރު ކުރި އިތުރުކުރުމަކީ ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވިފައިވާ މަކަރުވެރި ރޭވުމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކުރިންވަނީ ވިދާޅުވެފައެވެ.
އޭގެ ދުވަސްކޮޅެއް ކުރިން ޝާހިދުވަނީ، ރާއްޖޭގެ މައި ބޭންކުން މާލީ ބަގާވާތެއް ކުރި ކަމަށް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވުމަކީ ގައުމުތަކުން ރާއްޖެއާ މެދު އިތުރަށް ސުވާލު އުފައްދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.