ads
ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ--
ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ ބޮޑު ބައެއް ނިމިއްޖެ
ބ. ފެހެންދޫ ބަނދަރުގެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މުޅި މަޝްރޫއުގެ 30 ޕަސަންޓު ނިމިފައި ވާއިރު އެއްގަމު ތޮށިލާން ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުން 31 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 130 މީޓަރުގެ ބޭރު ތޮށިލައި 282 މީޓަރު ރިވެޓްމެންޓް ޖަހާނެ އެވެ. އަދި 214 މީޓަރު އެއްގަމު ތޮށިލައި ބަނދަރުގައި ރޭމްޕެއް ހަދައި ވޯކްވޭ ބްރިޖެއް އަޅާނެ އެވެ.

އޭގެ އިތުރުން 25،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުން ކުރުމާއެކު މަގު ބައްތި އާއި ނެރު ބައްތި ހަރުކޮށް 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.

ފެހެންދޫ ބަނދަރަކީ ޕްލޭނިން މިނިސްޓްރީން 49.66 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. އެ މަސައްކަތް ހަވާލު ކޮށްފައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް