ads
ރާއްޖެއަށް 27 ވަނަ ފަހަރަށް ފަތުރުވެރިއަކުން ފާހަގަކުރުން ފާހަގަކުރުން--
27 ވަނަ ފަހަރަށް ރާއްޖެއަށް އައި ފަތުރުވެރިއަކަށް މިނިސްޓަރުގެ މަރުހަބާ
ރާއްޖެއަށް 27 ވަނަ ފަހަރަށް އައި ފަތުރުވެރިއަކަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މަރުހަބާ ދަންނަވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް މިއަދު 27 ވަނަ ފަހަރަށް އައި ފަތުރުވެރިއަކީ ޖަރުމަނަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. 

އެގޮތުން އެމީހާ އެންމެ ފުރަތަމަ ރާއްޖެއަށް ޗުއްޓީއަށް އައިސްފައިވަނީ 1988 ވަނަ އަހަރުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ފަތުރުވެރިޔާ ރާއްޖެއަށް ޗުއްޓީއަށް އަންނަ ފަހަރުތަކުގައި އާންމުކޮށް މަސް ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ. 

އެހެންވެ، މިނިސްޓަރު ވަނީ "ސެކަންޑް ހޯމް" އަށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވެފަ އެވެ. އަދި އުފާވެރި ޗުއްޓީއަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ. 

އެމީހާ ޗުއްޓީ ހޭދަކުރަމުންދަނީ ކޮން ރިސޯޓެއްގައިކަން ހާމަނުކުރެއްވި ނަމަވެސް މަރުހަބާ ދަންނަވާ ހިއްސާކުރި ފޮޓޯގައި އެމީހާއަށް ރިސޯޓުން މަރުހަބާ ކިޔާ މަންޒަރު ފެނިގެންދެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް