ads
އަދިތުޔާ ނާރަޔަން--
އަދިތުޔާ އަތުން ފައިސާ ހުސްވެ ހާލުގައެއް ނުޖެހޭ
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދިތުޔާ ނާރަޔަން، ބެންކްރަޕްޓްވެފައިވާ ކަމަށް ބުނެ އަޑުތައް ފެތުރެމުންދަނިކޮށް އެ ހަބަރު ދޮގުކޮށްފި އެވެ.

އިންޑިއާގެ މަޝްހޫރު ޓީވީ ހޯސްޓެއްގެ ގޮތުގައި ވެސް ފެނިގެންދާ އަދިތުޔާ ވަނީ، ވަރަށް ފަހުން ލޯބިވެރިޔާ ޝްވެތާ އަގަރްވާލަށް ކައިވެނިކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. 

އެގޮތުން މިފަހުން ދިން އިންޓަވިއުއެއްގައި އެކައުންޓުގައި ހުރީ އެންމެ 18000 ކަމަށް ބުނެ އަދިތުޔާ ވަނީ އޮކްޓޫބަރު މަހަށް މަސައްކަތެއް ނުލިބިއްޖެނަމަ އޭނާގެ ބައިކް ވެސް ވިއްކާލާނެ ކަމަށް ބުނެފަ އެވެ. އެއާއެކު އަދިތުޔާ ހާލުގައި ޖެހިފައިވާކަމުގެ އަޑުތައް އެރުމާއެކު އޭނާ މިވަނީ އެކަން ދޮގުކޮށްފަ އެވެ. 

އަދިތުޔާ ބުނީ މީހުން އޭނާ ދެއްކި ވާހަކަ އޮޅުވާލީ ކަމަށެވެ. އެގޮތުން އެއީ ދެވަރަކަށް މަސް ދުވަހުގެ ކުރިން ދިން އިންޓަވިއުއެއް ކަމަށާއި އޭނާ ދެއްކީ އާންމުކޮށް ކަމެއް ހިނގައިގެން ގޮސްދާނެ އުސޫލަށް އަލިއަޅުވާލާ ކަމަށެވެ. އެގޮތުން އެތައް އަހަރަކު މަސައްކަތްކޮށްފައިވާ މީހަކު އަތުން ލާރި ހުސްވާނީ ކިހިނެއްތޯ ބުނެ ވަނީ ސަމާސާކޮށްފަ އެވެ.

އަދިތުޔާ ބުނީ އޭނާ މިފަހުން ވަނީ އެޕާޓްމަންޓެއް ވެސް ގަނެފައި ކަމަށެވެ. އެގޮތުން ޕެންޑެމިކެއްގައި މަޝްހޫރު ތަރިން ކަމުގައި ވިޔަސް އުޅޭނީ ބަލައިގެން ކަމަށާއި އޭނާއަށް ފައިސާ ގެންގުޅެން އެނގޭ ކަމަށް ބުންޏެވެ.

އެންމެ ފަހުން އަދިތުޔާ ހުށަހަޅާފައި ވަނީ އިންޑިއަން އައިޑަލް ސީޒަން 11 އެވެ. މިފަހުން އޭނާ ވަނީ މިއުޒިކީ ކެރިއަރަށް ފޯކަސް ކުރަންވެގެން ޓީވީއާ ދުރަށް ޖެހިލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް