ads
ސާމްޕަލް ނަގަނީ--
ޓެސްޓުކުރުން ލަސްވުމުން ސާމްޕަލްތަކެއް އަލުން ނަގަން ޖެހިއްޖެ
ހއ. އިން މިމަހުގެ 13 ވަނަ ދުވަހު ނެގި ސާމްޕަލްތަކެއް ޓެސްޓްނުކޮށް ލަސްވުމުގެ ސަބަބުން އަލުން ސާމްޕަލް ނަގަން ޖެހިއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހު ހއ. އަތޮޅުން 73 ސާމްޕަލެއް ނެގި ކަމަށާއި އެންމެ ފުރަތަމަ އެ ސާމްޕަލްތައް ޓެސްޓްކުރަން ގެންދިޔައީ ހދ. ކުޅުދުފުއްޓަށް ކަމަށެވެ. 

އެކަމަކު އެވަގުތު ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ޓެސްޓްކުރަން ހުރުމުގެ ސަބަބުން ކުޅުދުއްފުށިން އެ ސާމްޕަލްތައް މާލެ ފޮނުވި ކަމަށާއި ނަމަވެސް ލެބާ ހިސާބަށް ގެންދެވުނުއިރު މާ ލަސްވެފައިވާ ކަމަށެވެ. 

އެހެންވެ، އެމީހުންގެ ސާމްޕަލް އަލުން ނަގައި ކުޅުދުއްފުށިން ޓެސްޓްކޮށްފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، އެ އެންމެން ވެސް ބައްޔަށް ނެގެޓިވް ކަމަށެވެ.

އުތުރުގައި އަންނަނީ ރެންޑަމް ސާމްޕަލްތަކެއް ވެސް ނަގަމުންނެވެ. އެގޮތުން މިފަހުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަަސައްކަތްކުރާ މީހަކު ޕޮޒިޓިވްވެފައިވާތީ އޭނާއާ ބައްދަލުވި ގިނަ ބަޔަކު ޓެސްޓްކޮށްފައިވާއިރު އެ ކްލާސްޓާއާ ގުޅިގެން 15 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް