ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މިލާން ޑާބީގައި ޒްލަޓާން އޭނާގެ ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއެއްގެ ރީބައުންސުންނެވެ. އޭގެ އިރުކޮޅެއް ފަހުން ޒްލަޓާންވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މިލާންގެ ލަނޑު އެ ޓީމަށް ޖަހައިދިނީ ލުކާކޫއެވެ.
ކޮވިޑުން ރަނގަޅުވެ، އޭސީ މިލާންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހޮމޮވިޗް އެނބުރި ޕްރެކްޓިހުގައި ބައިވެރިވާން ފެށީ މީގެ ހަފުތާއެއް ކުރިންނެވެ. އުމުރުން ތިރީސް ނުވަ އަހަރުގެ ޒްލަޓާން ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީ ކުރީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭނާ ކަރަންޓީނު ކުރުމުގެ ކުރިން ކުޅުނު މެޗުގައިވެސް ވަނީ ދެ ގޯލް ޖަހާފައެވެ.