ads
ޔުނައިޓެޑްގެ ރަޝްފޯޑް އަދި ފެނާންޑޭސް--
ނިއުކާސްލް އަތުން މެންޗެސްޓައަށް ފަސޭހަ މޮލެއް
އިނގިރޭސި ޕްރިމިއަ ލީގުގައި، ރަށުން ބޭރުގައި މެންޗެސްޓަ ޔުނައިޓެޑުން ނިއު ކާސްލް އަތުން ފަސޭހަ މޮޅެއް ހޯދައިފިއެވެ. މި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ ހަތަރު ލަނޑު އެއް ލަނޑުންނެވެ.

ޔުނައިޓެޑާ ނިއުކާސްލްގެ މެޗުގައި ނިއުކާސްލްގެ ލަނޑަކީ މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުގެ ލޫކް ޝޯއަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އޯންގޯލަކުން ނިއުކާސްލްއަށް ކުރި ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ކެޕްޓަން ހެރީ މެގުއާ ބޮލުން ޖެހި ލަނޑެކެވެ.

ފުރަތަމަ ހާފުގައި ފެނާންޑޭސް ޖެހި ހިތްގައިމު ގޯލެއް އޮފް ސައިޑު ކަމަށް ވީއޭއާރުން ނިންމިއެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ވީއޭއާރުން ލިބުނު ޕެނަލްޓީއެއް ފެނާންޑޭސް ޖެހި ނަމަވެސް ނިއުކާސަލް ކީޕަރު ކާލް ޑާލޯ ވަނީ ހުށިޔާރުކަމާ އެކު އެ ޕެނަލްޓީ މަތަކޮށްފައެވެ. އެކަމަކު މެޗުގެ ފަހުކޮޅު ޔުނައިޓެޑުން ގެނައި ބަދަލުތަކާއި އެކު ފައްޗަކަށް ތިން ގޯލު ޖެއްސެވެ.

މެޗުގައި ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑު ލިބުނީ މެޗު ނިމެން ދިހަވަރަކަށް މިނިޓަށް ވެފައިވަނިކޮށް ފެނާންޑޭސް ޖެހި ހިތްގައިމު ގޯލަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން އާރޮން ވަން ބިސާކާ ޔުނައިޓެޑަށް ތިންވަނަ ގޯލު ޖަހައިދީ މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ. އަދި މެޗުގެ ފަހު މިނިޓްގައި ރަޝްފޯޑް ވަނީ އިތުރު ލަނޑެއް ޔުނައިޓެޑަށް ޖަހައިދީ މެޗުގެ ނަތީޖާ ހަތަރެއް އެކަކަށް ބަދަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް