11316
CONFIRMED

DEATHS
10284
RECOVERED
🌏41,171,337
INFECTED
🌏28,040,056
RECOVERED
🌏1,130,606
DEATH
🌏68%
RECOVERY RATE
އަރުމޭނިއާ، އަޒަރުބައިޖާން، ނަގޯނޯ-ކަރަބަހް ސަރަހައްދު
ނަގޯނޯ-ކަރަބަހް ސަރަހައްދުގައި މަރުވި މީހުންގެ އަދަދު 673 އަށް!
Share
ނަގޯނޯ-ކަރަބަހްގެ ސަރަހައްދުން މިއަދު 40 ސިފައިން މަރުވެ، ޖުމްލަ މަރުވި އަދަދު 673 އަށް އަރައިފި އެވެ.
Advertisement

ނަގޯނޯ-ކަރަބަހްގެ މައްސަލައިގައި އަރުމޭނިއާ އާއި އަޒަރުބައިޖާން އާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ނަގޯނޯ-ކަރަބަހްގެ ސަރަހައްދަށްވެސް ވަނީ އޭގެ އަސަރުކޮށްފަ އެވެ. އެގޮތުން މިއަދު އެ ސަރަހައްދުން 40 ސިފައިން މަރުވެފައިވާ އިރު، އަޒަރުބައިޖާނުގެ ސިފައިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި މިހާތަަނަށް ޖުމްލަ 673 ސިފައިން ވަނީ މަރުވެފައިކަމަށް ނަގޯނޯ-ކަރަބަހް ސަރަހައްދުގެ ޑިފެންސް މިނިސްޓްރީ އިން ރޮއިޓާސްއާ ހަވާލާދީ ބުންޏެވެ.

ދާދިފަހުން އަރުމޭނިއާ އާއި އަޒަރުބައިޖާނުން ވަނީ ނަގޯނޯ-ކަރަބަހް މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ރޭ ދަންވަރު 12:00 އަން ފެށިގެން ހުއްޓާލުމަށް ވަގުތީ ގޮތުން އެއްބަސްވުމަކަށް އައިސްފަ އެވެ. ނަމަވެސް އެއްބަސްވުމަކަށް އައިތާ ގިނައިރުތަކެއް ނުވެ، ދެ ގައުމުންވެސް ވަނީ އެއްބަޔަކު އަނެއްބަޔަކު އެ އެއްބަސްވުމާއި ހިލާފުވިކަމުގެ ތުހުމަތުކޮށްފަ އެވެ.

އޭގެ ހަފްތާއެއް ކުރިން ރަޝިއާ މެދުވެރިއަކަށް އޮވެ، ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް ވަގުތީ އެއްބަސްވުމަކަށް އައިސްފައިވާއިރު، ގިނައިރުތަކެއް ނުވެ، ދެ ގައުމުގެ ދެމެދުގައި ވަނީ ހަނގުރާމަ ބަދަލުކުރަން ފަށައިފަ އެވެ. ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގެއީ ލަވްރޯވް ވަނީ އެއްބަސްވުމަށް އިހްތިރާމްކުރުމަށް އަރުމޭނިއާ އާއި އަޒަރުބައިޖާނަށް ގޮވައިލައްވާފަ އެވެ.

ނަގޯނޯ-ކަރަބަހް އަކީ ބައިނަލްއަގުވާމީ ގޮތުން އަޒަރުބައިޖާނުގެ ބަޔަކަށްވީ ނަަމަވެސް، ނަގޯނޯ-ކަރަބަހްގައި އޮންނަނީ އެ ސަރަހައްދުގައި ދިރިއުޅޭ އަރުމޭނިއާގެ ދަރިފަސްކޮޅަށް ނިސްބަތްވާ މީހުންގެ ވެރިކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް