މިމަހުގެ 26 ގައި އެމީހުން ކައިވެނިކުރާނެ ކަމަށް ކާޑުގައި ޖަހާފައިވާއިރު އެމީހުންގެ ކައިވެނި އޮތީ ޕަންޖާބުގަ އެވެ.
އޭގެ އިތުރުން ލަވަކިޔުންތެރިޔާ އަދިތުޔާ ނާރަޔަން ވެސް މިވަނީ އެމީހުންގެ ކައިވެނި އޮތްކަން ކަށަވަރުކޮށްދީފަ އެވެ. އަދި ގެސްޓުންގެ ލިސްޓުގައި ވިޝާލް ދަޑްލާނީ އާއި ހިމޭޝް ރެޝަމިޔާ ވެސް ހިމެނެ އެވެ.
މީގެ ކުރިން އަދިތުޔާ އާއި ނެހާ ވެސް ކައިވެނިކުރަން އުޅުންކަމުގެ އަޑުތައް އެރި އެވެ. އެކަމަކު އެއީ އިންޑިއަން އައިޑޮލްގެ ޕްރޮމޯޝަނަށް ކުރި ކަންތައްތަކެއް ކަމަށް ވެ އެވެ.
ކައިވެނީގެ ކާޑު މިހާރު ލީކުވެފައިވީ ނަމަވެސް އަދިވެސް އެމީހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
ނެހާ މީހަކާއި ކައިވެނިކުރަން ނިންމިއިރު އޭނާ ރޯހަންއާ ރައްޓެހިވުމުގެ ކުރިން އުޅުނީ އެކްޓަރު ހިމާންޝް ކޯލީއާ ރައްޓެހިވެގެންނެވެ.
ބޮލީވުޑުގެ ކާމިޔާބު ލަވަކިޔުންތެރިޔާ ނެހާ ކައްކަރާއި އެކްޓަރު ހިމާންޝް ކޯލީގެ ލޯބީގެ ގުޅުމަކީ 2018 ވަނަ އަހަރުގެ ތެރޭގައި ފާހަގަކޮށްލެވުނު ގުޅުމެކެވެ. ދެ ތަރިން ވަރަށް ލޯބިން ގުޅިގެން އުޅުމަށް ފަހު ދުވަސްކޮޅެއް ފަހުން ފެނިގެން ދިޔައީ ވަކިވި މަންޒަރެވެ.
އޭގެ ފަހުން ނެހާގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު ކަމެކެވެ. ހިމާންޝްއަކީ ކާކުކަން ނޭނގޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ވަރަށް ހިތާމަވެރި ޕޯސްޓްތައް ކުރި އެވެ. މިހާރު އެހެން މީހަކާއި އޭނާ ކައިވެނިކުރަން އުޅޭއިރު ބެލެވެނީ އެ ހިތްދަތި ހަނދާންތައް ފޮހެލާ ކުރިއަށް ދިއުމަށް ނެހާ ނިންމީ ކަމަށެވެ.
ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.