
މިރޭ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބް ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ސަރުކާރުން ބޭނުންވުމުން ހުއްދައާއެކު ކަރަންޓީނު ނުވެ ރަށްރަަަށުގައި އުޅެވޭ ކަމަށެވެ.
އެގޮތުން ގައުމީ ދުވަސް ފާހަގަކުރަން މާލެއިން ދިޔަ ޓީމު ހއ. އުތީމަށް ގޮސް ކަރަންޓީނު ނުވާކަމަށާއި އެކަމަކު ރިސޯޓުތަކުން އާއިލާއާ ބައްދަލުކުރަން ގޮސްތިބި ކުދިން ތިބީ ކަރަންޓީނުގައި ކަމަށް ވިދާޅުވި އެވެ.
“މައިމޫނާ ދެއްވާ ފަތްކޮޅުން ކޮވިޑް ނެތިގެން އެބަދޭ. މާލެއިން ސަރުކާރުގެ ބޮޑުން އުތީމަަށް ވަޑަައިގަންނަވަންވީމަ ކޮވިޑެއް ނެތް. ކަރަންޓީނުވާކަށް ނުޖެހޭ. އަޅުގަނޑުމެން އިދިކޮޅު ކޯލިޝަނުގެ ބޭފުޅުން ރަށަކަށް ގޮސްދާނެތީ ބިރުން މީނަ ކުރާކަންތައްތައް މިއީ،“ ކަންބޮޑުވުން ފާޅުކުރައްވާ ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ދެން އެޗްޕީއޭއަށް ނުބަލާނެ ކަމަށާއި ދެން އުޅޭނޫ ބޭނުން ގޮތަކަށް ކަމަށެވެ.
ޝުޖާއު ވަނީ ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބު ކަމަށާއި ކެންޑިޑޭޓުންނަށް ތާއިދު ހޯދަން ރަށްރަށަށް ދާން ބޭނުންވާ ކަމަށެވެ. އަދި ދެން ކަރަންޓީނު ނުވެ ރަަށް ރަށަށް ދަތުރުކުރާނެ ކަމަށާއި މިއަދު ވާނީ ޑިރެކްޓާ ޖެނަަރަލް އޮރް ޕަބްލިކް ހެލްތަށް ބައްދަލުކުރުމުގެ ހުއްދައަކަށް އެދި ރަސްމީކޮށް ހުށަހަޅާފައި ކަމަށެވެ.
އަދި ސަޕޯޓަރުން މާލޭގައި ބަންދުވެފައި ތިބެން ދެން ނުޖެހޭނެ ކަމަށާއި ބޭނުން ރަށަކަށް ކަަރަންޓީނު ނުވެ ދެވޭނެ ކަަމަށް ވެސް ވިދާޅުވި އެވެ.