ads
ެެނެހާ އާއި ރޯހަންޕްރީތު ސިންގް
ކައިވެނީގެ ކުރިން ނެހާގެ ފޭނުންނަށް ހަދިޔާއަކަށް ވީޑިއޯއެއް
ބޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރާއި ރޯހަންޕްރީތު ސިންގް ކައިވެނިކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް ނެހާ މިވަނީ އެކަން ކަށަވަރުކޮށްދީ ކައިވެނީގެ ކުރިން ސަޕޯޓަރުންނަށް ހަދިޔާއަކަށް ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.

ނެހާ ހިއްސާކުރީ އެމީހުންގެ ކައިވެނީގެ ކުރިން އޮތް "ރޯކާ" ހަފުލާގެ ވީޑިއޯއެކެވެ. އާންމުކުރި ވީޑިއޯގައި ފެނިގެންދަނީ ވަރަށް ފޯރީގައި އެންމެން ވެސް އުޅޭ މަންޒަރެވެ. އަދި ޕަންޖާބީ ލަވައަކަށް އެމީހުން ނަށާ މަންޒަރު ވެސް ފެނިގެންދެ އެވެ. 

އެގޮތަށް ވީޑިއޯއެއް ހިއްސާކުރިޔަސް އަދިވެސް އެމީހުން ކައިވެނިކުރަނީ ކަމަށް ގަބޫލުކުރަން ސަޕޯޓަރުންނަށް އުނދަގުލެވެ. އެއީ މިއަދު ނެރުމަށް ނިންމާފައިވާ ލަވަ ޕްރޮމޯޓްކުރަން ޖައްސާ ސްޓަންޓެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. 

މީގެ ކުރިން އިންޑިއަން އައިޑަލްގައި ވެސް ނެހާ އާއި އަދިތުޔާ ނާރަޔަން ކައިވެނިކުރަން އުޅުން އަޑު އެރިޔަސް ފަހުން ވަނީ އެއީ ޝޯ ޕްރޮމޯޓްކުރަން ކުރި ކަމެއް ކަމަށް ބުނެފަ އެވެ. 

އެކަމަކު މިފަހަރު ނެހާ ކައިވެނިކުރަން އުޅޭ އަޑުތައް އަރާފައިވާއިރު ރޯހަންޕްރީތުގެ އާއިލާއާ ވެސް ނެހާ ބައްދަލުކޮށްފައިވާ ފޮޓޯތަކެއް އޭނާ ހިއްސާކޮށްފައިވެ އެވެ. އަދި އެމީހުންގެ ވެޑިން ކާޑު ކަމަށް ބުނާ ކާޑެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. 

އަދި އަޑުތައް އަރާ ގޮތުން އެމީހުންގެ ކައިވެނި ޕަންޖާބީ ސްޓައިލަކަށް އޮތީ މިމަހުގެ 24 ގަ އެވެ. އަދި ރިސެޕްޝަން ހަފުލާ އޮތީ މިމަހުގެ 26 ގައި ކަމަށް ވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް