ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
އަމީން މަގާމުން އިސްތިއުފާ ދެއްވައިފި
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވިކަމުގެ ލިޔުން މިރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާފަ އެވެ. 

އަމީން މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިވަގުތު މަގާމުގައި ހުރުމަކީ އެންމެ ރަނގަޅުގޮތެއް ނޫން ކަމަށް ވިދާޅުވެ އެވެ. އަދި މަގާމުން ދުރުކުރުމަށް "ވާންކުރާ” ކުރުމަކީ އޭނާއަށް އަމާޒުވާ އެތި ފަހަރެއް ކަމުގައި ނުދެކޭކަމަށް ވެސް އަމީންގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ މައްސަލަ ބެލުމަށްފަހު އޭސީސީން ވަނީ މިނިސްޓަރު އަމީން ހިމެނޭގޮތަށް 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިފައެވެ. އެހެން ނަމަވެސް ޕީޖީން ނިންމާފައިވަނީ ދައުވާއެއްކޮށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން އެމައްސަލަތަކުގައި ދައުވާ ނުކުރުމަށެވެ. 

އެހެންނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އަމީން މަގާމުން ދުރުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފަ އެވެ.

މަގާމުން އިސްތިއުފާ ދެއްވި އިރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ 24 މެމްބަރުންގެ ސޮޔާއި އެކު ވަނީ މަޖިލީހަށް ވައްދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް