ads
ރާއްޖެއަށް ފަތުރުވެރިންތަކެއް އައުން--
އޮކްޓޫބަރުގެ ފުރަތަމަ ފަނަރަ ދުވަހު 8000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި
މި ހިނގާ އޮކްޓޫބަރު މަހުގެ ފުރަތަމަ ފަނަރާގައި އެކަނިވެސް 8350 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް އިމިގްރޭޝަނުގެ ތަފާސްހިސާބުން ދައްކައިފި އެވެ.

މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހުގެ 1 އިން 15 ވަނަ ދުވަހާ ދެމެދު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ޔޫރަޕުންނެވެ.

އެގޮތުން މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ގައުމެއްގެ ގޮތުގައި ހިމެނޭ ރަޝިއާއިން 2308 ފަތުރުވެރިން އައިސްފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނި އެމެރިކާ އިންނެވެ. އެއީ 656 ފަތުރުވެރިންނެވެ. 

މި މުއްދަތުގެ ތެރޭގައި ޔޫކޭއިން 525 ފަތުރުވެރިން އައިސްފައި ވާއިރު އެކުވެރި އަރަބި އިމާރާތާއި ޖަރުމަނުން 400 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ދައްކަ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު ޖުލައި 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 27،217 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފަ އެވެ. 

އެގޮތުން ބޯޑަރު ހުޅުވާލި ފަހުން ދެވަނަ މަހާއި އަޅާބަލާއިރު ފަތުރުވެރިން ރާއްޖެ އައިސްފައިވާ މިންވަރު ތިންވަނަ މަހު 56 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. 

މީގެ އިތުރުން ލޯކަލް ޓޫރިޒަމް އަލުން ފެށުމަށް ސަރުކާރުން ހުއްދަ ދިނުމާއިއެކު، ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު ބޮޑު ތަނުން އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް