ads
މުހައްމަދު ލަތީފް، ހީނާ އަހުމަދު ސަލީމް އާއިއެކު
ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްކަމުގެ މަގާމަށް ލަތީފް އިންތިހާބުކޮށްފި
ދެކުނު އޭޝިއާގެ ވޮލީބޯޅައިގެ ހަރަކާތްތައް ކުރިއަށްގެންދާ އިސް އެސޯސިއޭޝަން (ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަން) ގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ލަތީފް އިންތިހާބުކޮށްފިއެވެ.

ސެންޓްރަލް ޒޯންގެ ރައީސްކަމުގެ މަގާމު ލަތީފް ކާމިޔާބުކުރެއްވީ ވޯޓުގައި ބައިވެރިވި 13 ގައުމުގެ ތެރެއިން 12 ގައުމުގެ ތާއީދު ހޯއްދަވައިގެންނެވެ. 

އޭޝިއަން ސެންޓްރަލް ޒޯން ނުވަތަ، ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަން ތަމްސީލުކުރަނީ، ދެކުނު އޭޝިއާގެ އަށް ގައުމު ކަމަށްވާ ރާއްޖެ، ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ، ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި އަފްޣާނިސްތާންގެ އިތުރުން ސެންޓަރަލް އޭޝިއާގެ ފަސް ގައުމު ކަމަށްވާ ކަޒަކިސްތާން، ކިރްގިސްތާން، ތަޖަކިސްތާން، ތުރުކުމެނިސްތާން، އުޒްބެކިސްތާން، އަދި އީރާނެވެ. 

ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނަކީ އޭޝިއާގެ ވޮލީބޯޅަ އާއި ބެހޭ މައި އިދާރާ އޭވީސީން، ދެކުނު އޭޝިއާގެ ވޮލިބޯޅައިގެ ހަރަކާތްތަށް ކުރިއަށްގެންދިއުމަށް މަތިކޮށްފައިވާ އެސޯސިއޭޝަނެވެ. އެގޮތުން އޭވީސީން އޮންނަނީ އޭޝިއާގެ ކަންކަން ކުރުމަށް ފަސް އެސޯސިއޭޝަނެއްގެ މައްޗަށް ބަހާލާފައެވެ. ލަތީފް އަކީ އޭވީސީގެ ބޯޑުގައިވެސް ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ. 

ސެންޓްރަލް ޒޯންގެ ރައީސްކަމުގެ މަގާމަށް ލަތީފް އިންތިހާބުކުރިއިރު ލަތީފް އަކީ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބީ ރައީސެވެ. ނަމަވެސް ވީއޭއެމްގެ ހިންގުމުގައި މައްސަލަތަކެއް އުޅޭކަމަށް ތުހުމަތުކޮށް ކޮމިޝަނާއޮފް ސްޕޯޓްސްއިން ލަތީފްގެ އެކްސްކޯ ވީއޭއެމްގެ ހިންގުމުން ދުރުކޮށް ގާނޫނީ ހުސްކަމެއްގެ ތެރޭގައި އެސޯސިއޭޝަން އޮންނަތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް