ކަރެކްޝަންސް އިން ބުނީ އެ ސާވިސްގެ އީމެއިލް ސެކުއިރިޓީ ހަރުދަނާ ކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ފޮނުއްވާ އީމެއިލްތައް ވަކި ޝަރުތުތަކެއް ފުރިހަމަ ނުވާނަމަ ބްލޮކް ކުރެވޭނެ ކަމަށެވެ.
އެގޮތައް ބްލޮކް ކުރުމަށް ނިންމާފައިވަނީ އެސާވިސްގެ އީމެއިލް ހިދުމަތަށް ކުރިމަތިވަމުން ދިޔަ އެކިއެކި ނުރައްކަލުންނާއި، އަސްލު އޮޅުވާލައިގެން ފޮނުވަމުން ދާ އީމެއިލްތަކުން ރައްކާތެރިވުމުގެ ގޮތުން ކަމަށް ކަރެކްޝަަންސްއިން ބުނެއެވެ. އަދި މިހާރު އެސާވިސްގެ އީމެއިލް ސެކިއުރިޓީ ހަރުދަނާ ކުރެވި، ވަކި މިންގަނޑުތަކެއް ވަނީ ކަނޑައެޅިފަކަމަށްވެސް ކަރެކްޝަންސްއިން ބުނެއެވެ.
އެގޮތުން ކަރެކްޝަންސްގެ ޑޮމެއިންއަށް ފޮނުވާ އީމެއިލްގައި ފުރިހަމަވާންޖެހޭ ވަކި ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ސައްހަ އެސްޕީއެފް ރެކޯޑެއް އިނުމާއި ސައްހަ ޑީކޭއައިއެމް އެއް އިނުން ހިމެނެއެވެ.
ކަރެކްޝަންސްއިން ބުނީ އެ ޝަރުތުތައް ފުރިހަމަ ނުކޮށް ހުންނަ ޑޮމެއިންތަކުން އަންނަ އީމެއިލް އެ ސާވިސްގެ އެއްވެސް މުވައްޒަފެއްގެ އީމެއިލަށް ރައްދު ނުކުރެވޭނެ ކުރެވޭނެކަމަށެވެ. އަދި ބްލޮކްވެފައިވާ އީމެއިލް އެސާވިސްގެ އީމެއިލް ސެކިއުރިޓީ ގޭޓްވޭގައި 30 ދުވަސް ވަންދެން ރައްކާ ކުރެވިފައިވާނެ ކަމަށާއި ސައްހަކަން ކަށަވަރުވާ ފަދަ ފޯނު ނަންބަރަކުން އެ ސާވިސްއާ ގުޅުމުން އެކަން ބަލާ، އީމެއިލް ރައްދުވާން ޖެހޭ ފަރާތް ނުވަތަ ފަރާތްތަކަށް އެ އީމެއިލްއެއް ރައްދުކޮށްދޭނެ ކަމަށެވެ.