ads
ނެހާ ކައްކަރު އާއި ރޯހަންޕްރީތު--
ނެހާ ކައްކަރުގެ ހަލްދީ ފޮޓޯތައް، ލޯބި ދޯ؟
ބޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރާއި ރޯހަންޕްރީތު ސިންގްގެ ކައިވެނީގެ ކުރިން އޮތް "ހަލްދީ" ހަފުލާގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ލިބިފަ އެވެ.

ރޭގެ ވަގުތެއްގައި ނެހާ ވަނީ އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ހަލްދީގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ. ދެ މީހުން ވެސް ރީނދޫ ކުލައިގެ ހެދުމުގައި ތިބިއިރު ގިނަ ބަޔަކު ވަނީ އެ ޖޯޑު ވަރަށް "ކިއުޓް" ކަމަށާއި ފޮޓޯތައް ވެސް ވަރަށް ލޯބި ކަމަށް ބުނެފަ އެވެ. 

ދިއްލީގައި ނެހާ އާއި ރޯހަންގެ ކައިވެނި އޮތީ މިމަހުގެ 24 ނުވަތަ 25 ގައި ކަމަށް ބުނެ އެވެ. އަދި ކައިވެނީގެ ހަފުލާ އޮތީ ޕަންޖާބީ ސްޓައިލަކަށް ކަމަށް ވެސް ބުނެ އެވެ. 

ހަލްދީގެ ފޮޓޯތައް އާންމުކޮށްފައިވާއިރު މީގެ ކުރިން ނެހާ ވަނީ ރޯކާ ހަފުލާގެ ފޮޓޯތައް ވެސް އާންމުކޮށްފަ އެވެ. މި ދެ ހަފުލާއަކީ ވެސް އިންޑިއާގެ ސަގާފަތުގައި ހިމެނޭ ކައިވެނީގެ ކުރިން އޮންނަ ދެ ހަފުލާ އެވެ. 

ނެހާ ކައިވެނިކުރަން ނިންމިއިރު އޭނާ ރޯހަންއާ ރައްޓެހިވުމުގެ ކުރިން އުޅުނީ އެކްޓަރު ހިމާންޝް ކޯލީއާ ރައްޓެހިވެގެންނެވެ. 

ބޮލީވުޑުގެ ކާމިޔާބު ލަވަކިޔުންތެރިޔާ ނެހާ ކައްކަރާއި އެކްޓަރު ހިމާންޝް ކޯލީގެ ލޯބީގެ ގުޅުމަކީ 2018 ވަނަ އަހަރުގެ ތެރޭގައި ފާހަގަކޮށްލެވުނު ގުޅުމެކެވެ. ދެ ތަރިން ވަރަށް ލޯބިން ގުޅިގެން އުޅުމަށް ފަހު ދުވަސްކޮޅެއް ފަހުން ފެނިގެން ދިޔައީ ވަކިވި މަންޒަރެވެ.

އޭގެ ފަހުން ނެހާގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު ކަމެކެވެ. ހިމާންޝްއަކީ ކާކުކަން ނޭނގޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ވަރަށް ހިތާމަވެރި ޕޯސްޓްތައް ކުރި އެވެ. އެކަމަކު ރައްޓެހިވެގެން އުޅުނުއިރު ދެ ތަރިންގެ ވީޑިއޯ ލަވައެއް ވެސް ނެރުނެވެ. 

މިހާރު ކައިވެނިކުރަން އުޅޭ ރޯހަންއާއެކު ވެސް ނެހާ ވަނީ ލަވައެއް ކުޅެފަ އެވެ. ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް