ads
ކަންގަނާ ރަނައުތު--
ސަރުކާރުން މަސައްކަތްކުރަނީ އަހަރެން ޖަލަށްލާން: ކަންގަނާ
ބޮލީވުޑުގެ މަޝްހޫރު ތަރި، ކަންގަނާ ރަނައުތުގެ މައްޗަށް ނަފުރަތާއި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރިކަމުގެ ތުހުމަތުކޮށް މުމްބާއީ ކޯޓަކަށް މައްސަލަ ހުށަހަޅާފައިވަނިކޮށް ކަންގަނާ މިވަނީ އެ ކަމާއި ގުޅިގެން ވާހަކަ ދައްކާފަ އެވެ.

ކަންގަނާ ބުނީ، އިންޑިއާގެ ސަރުކާރުން މަަސައްކަތް ކުރަމުންދަނީ އޭނާ ޖަލަށް ލުމަށް ކަމަށާއި އެކަމުގެ ސަބަބުން ވެސް ސާބިތުކަން އިތުރުވެގެންދާ ކަމަށެވެ. އަދި އޭނާ ނަމޫނާއަކަށް ބަލާއި ހެދި ޝަހުސިއްޔަތުން ވެސް ޖަލުގައި ހޭދަކޮށްފައިވާ ކަމަށާއި އެހެންކަމުން، އޭނާ ވެސް ހުރީ ޖަލަށް ދިއުމަށް މަޑުކޮށްގެން ކަމަށް ކަންގަނާ ބުނެ އެވެ. 

މިފަހުން ކަންގަނާގެ ނަން ނޫސްތަކުގެ ފަލަ ސުރުހީތަކަށް އަރަނީ ފިލްމުތަކާއި ގުޅިގެނެއް ނޫނެވެ. އޭނާ ތަރިންނަށް ދެމުން އަންނަ ބަހުގެ ހަމަލާތަކާއެކު ބޮލީވުޑުގެ ބައެއް ތަރިން ވަނީ އޭނާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ވެސް ދައްކާފަ އެވެ.

އެކަމަކު ކަންގަނާ ފެނިގެންދަނީ ކުރިއެކޭ އެއްގޮތަށް އެ ތަރިންނަށް ރައްދުދެމުންދާ ތަރިއެއްގެ ގޮތުގަ އެވެ.

ނެޕޮޓިޒަމްގެ ވާހަކައާއި އަދިވެސް ބޮލީވުޑުގައި ހިނގަމުންދާ ބައެއް ނޭދެވޭ ކަންކަމުގެ ވާހަކަ ކަންގަނާ ދައްކާތީ އޭނާއަށް ބައެއް ތަރިން ވެސް އަންނަނީ ރައްދުދެމުންނެވެ. 

އެކަމަކު މިފަހުން ކަންގަނާ ކުރި ޓްވީޓެއްގައި އޭނާ ވަނީ އެއްވެސް ކޯޅުމެއް އޭނާ ފަށާފައި ނުވާ ކަމަށާއި އެކަމަކު ހުރިހާ ކޯޅުންތަކެއް ވެސް ނިންމަން ޖެހެނީ އޭނާއަށް ކަމަށް ބުނެފަ އެވެ. ކޮންމެއަކަސް ކުއީން އިން ވިދާލި ކަންގަނާގެ ކެރުންތެރިކަމަށް ގިނަ ބަޔަކު ތައުރީފް ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް