ads
ޔޫތު ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު
މޯލްޑިވްސް ޔޫތް ކޭމްޕް ނިންމާލައިފި
މި އަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުގެ ގޮތުން ''މޯލްޑިވްސް ޔޫތް ކޭމްޕް 2020'' ގެ ނަމުގައި، ފެށި ކޭމްޕް ނިންމާލައިފި އެވެ.
Advertisement

ޒުވާނުންގެ ދުވަހުގެ މުނާސަބަަތުގައި ބޭއްވި މޯލްޑިވްސް ޔޫތް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރާއްޖޭގެ އެންމެންނަށް ބައިވެރިވެވޭނެގޮތަށް އޮންލައިންކޮށެވެ.

ޔޫތު މިނިސްޓްރީން އިސްނަގައިގެން ވާޗުއަލްކޮށް ކުރިއަށްގެންދާ އެ ކޭމްޕުގެ މައިގަނޑު މަގުސަދަކީ ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުން ބާރުވެރިކުރުމާއި، ޒުވާނުންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ޒުވާނުންގެ އިސްނެގުމާއި، ބައިވެރިވުން އިތުރުކުރުމެވެ.  

އެ ކޭމްޕް ނިންމުގެ ރަސްމިއްޔާތުގައި ޔޫތް ކައުންސިލްގެ ރައީސް ހަސަން ފަރްހާދާއި ޔޫތް މިނިސްޓްރީގެ ފަރާތުން އަހްމަދް އިރާޝް ވެސް ބައިވެރިވެފައިވެ އެވެ.  

މިއަދު ބޭއްވުނު އެ ރަސްމިއްޔާތުގައި އެ ކޭމްޕްގައި މަޝްވަރާ ކުރެވުނު ދާއިރާތަކުން ޒުވާނުން ބޭނުންވާ ބަދުލަތައް ހިއްސާކޮށްފައިވެ އެވެ. އެގޮތުން ކެމްޕްގެ ބައިވެރިން ވަނީ ތައުލީމާއި ތަމްރީންގެ ބައިން ކުރިއެރުންތައް ލިއްބައިދިނުމަށާއި ރާއްޖޭން ބޭރުން ޒުވާނުންނަށް ލިބެން ހުރި ފުރުސަތަުތައް ފަހިކޮށްދިނުމުގެ މުހިންމު ކަމަށާއި ވަޒީފާގެ ދާއިރާގައި ހުރި ގޮންޖެހުތަކާއި ފުރުސަތުތައް ފުޅާކުރުމުގެ މަށްޗަށާއި ތިމާވެށީގެ ގޮތުންނާއި މޫސުމީ ބަދަލުތަކުގެ ސަބަބަުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ސިންގަލް ޔޫސް ޕްލާސްޓިކްއިން ނެގޭ ޓެކްސް ބޮޑުކުރުމުގެ މުހިންމު ކަމަށާއި އަދި ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް އިތުރުކޮށް ސްކޫލްތަކުގައި ގްރޭޑް އެކަކުން 10 އަކަށް ކިޔަވާ މާދާއެއްގެ ގޮތުގައި އެކަން ހިމަނެމަށް ސަަރުކާރުގައި އެދިފައެވެ. 

އަދި ޒުވާނުން ސަރުކާރުގެ ފަރާތުން އެދެނީ ދޮޅަހެޔޮ ޒިންމާދާރު މުޖްތަމައެއް ބިނާކޮށް އިޖްތިމާއީ ކަންކަމާއި ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް އުފައްދާ ރައްޔިތުންނާއި ހަމަޔަށް ގެނައުމަށްޓަަކައި އަތޮޅުތަކުގެ މަދަނީ ޖަމިއްޔާތައް ކުރިއަށް ނެރެ ބާރުވެރިކުރުވުން ކަން ވެސް ކޭމްޕްގެ ބައިވެރިންވަނީ ފާހަގަކޮށްފައިވެއެވެ.  

އަދި ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ޖަމިއްޔާގެ މަސައްކަތްތައް މިނިސްޓްރީންނާއި ކައުންސިލުން ގާތުން ބެލުމުގެ ގޮތުން ޖަމިއްޔާގެ ޕޯޓަލްއަށް ޖަމިއްޔާގެ މައުލޫމާތުތައް އަޅައި ހަމަަހަމަ ކުރުމާއިއެކު ކައުންސިލުގެ މުވައްޒަފުން މެދުވެރިކޮށް ޖަމިއްޔާ ހިންގާނެ ގޮތުގެ ނިޒާމު އެކުލަވާލައި އެ ނިޒާމުފުޅާ ކުރުމާއި މަަސައްކަތުގެ މާހައުލައް ނިކުންނަ ޒުވާނުންނަކީ ހުނަރުން ތަަރައްގީވެފައިވާ ޒުވާނުންނަށް ހެދުމަށްޓަކައި ސްކޫލް ދައުރުން ފެށިގެން ހުރިހާ ދަރިވަރަުންނަށް ހަމަަހަމަ ފުރުސަތަުތަަކެއް ދިނުމުގެ ގޮތުން ހުރިހާ ކުދިންނަށް އަމާޒްކޮށްގެން ކެރިއާ ގައިޑް ޕްރޮގްރާމެއް އެކުލަވާލައި އެ ނިޒާމް ތަންފީޒް ކުރުމަށްވެސް އެދިފައިވެއެވެ.

އޭގެ އިތުރުންވެސް ޖިންސުގެ ހަމަހަމަކަމާއި އެކަންތައްތަކަށް ޒުވާނުން ހޭލުންތެރިކުރުމުގެ މުހިންމުކަމާއި ޒުވާނުންގެ ސިއްހަތާއި ދޮޅަހެޔޮކަން ދެމެހެއްޓުމަށް ނަފްސާނީ ދޮޅަހެޔޮކަމަުގެ މުހިންމު ކަމުގެ މަށްޗައްވެސް ބައިވެރިން ވާހަަކަދައްކާފައިވެއެވެ. އަދި ކޭންމްޕްގެ ބައިވެރިންވަނީ އެކަންތައްތައް ތަންފީޒްކޮށްދިނުމަށް ސަރުކާރުގެ ފަރާތުން އެދިފައެވެ. 

އެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ފަރާތުން އަހުމަދް އިރާޝް ކޭމްޕްގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކާފައިވެ އެވެ. އިރާޝް ވިދާޅުވީ އެ ކޭމްޕްގެ މަގްސަދަކީ ޒުވާނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ޒުވާނުންގެ އަޑު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާކުރުންކަމަށެވެ. އޭގެ އިތުރުން އެ ކޭމްޕަކީ ޒުވާނުންގެ ގުޅުން ވަރުގަދަކޮށް އިތުރު އަޒުމަކާއި އުއްމީދެއްގައި އެކަންކަމާއި ބަހުސްކުރުމަށް ހުޅުވުނު ފުރުސަތެއްކަމަށެވެ. ކާމިޔާބީ އަކީ އެކަމަށް މަސައްކަތް ކުރާ ކޮންމެ ފަރާތަކަށް ލިބޭނެ އެއްޗެއްކަން އެ ކޭމްޕްއިން އެގިގެން ހިނގައްޖެކަމަށެވެ. އެގޮތުން ކެމްޕްގެ އަހުދު ނާމާގެ ގޮތުގައި ގާރާރެއް ފާސްކުރެވިފައިވާ ކަމަށާއި އެ އަހްދުނާމާއިން ޒުވާނުންނާއި ގުޅޭ އެތައްކަމެއް ފާހަގަވެފައިވާކަން އޭނަ ފާހަގަކުރެއްވި އެވެ. 

"އެގޮތުން ވަޒީފާގެ ދަތިކަން ހުރިކަމާއި ކިޔެވުން އަދި ގޯތިގެދޮރުގެ ދަތިކަން ހުރިކަން ފާހަގަކޮށްލަން. އޭގެ އިތުރުންވެސް ކޭންޕްގެ ޝިއާރުކަމުގައިވާ ސުލުހައާއި ހަމަޖެހުމަށް ޒުވާނުން އެދިއެދި ތިބި މިންވަރު ހާމަވެގެން ހިނގައްޖެ. މިމަހަކީ ބޮޑުތަކުރުފާނުގެ އަގުހުރި ޖިހާދުގެ މަތިން އަޅުގަނޑުމެން ހަނދާން އާކުރަމުން ގެންދާ މަސް. މިވަގުތަކީ ޒުވާނުންގެ އެހީތެރިކަން މިގައުމުގެ ތާރިހުގައިވެސް އެންމެ ބޮޑަށް ބޭނުންވާ ވަގުތު،" އިރާޝް ވިދާޅުވި އެވެ.

އިރާޝް އިތުރަށް ވިދާޅުވީ މި ހާލަތަކީ އެންމެން އެއްބައިވެ ގައުމާއި ދޭތެރޭ ވިސްނާ އެންމެން އެއްކޮށް އެއްބައިވެ މިހާލަތުން އަރައިގަންނަން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އެ ކެމްޕްގައި 168 ކުދިން ރަޖިސްޓަރީވެ 100 އެއްހާ ކުދިން ކޭމްޕްގައި އަމަލީ ގޮތުން ބައިވެރިވެެފައިވެ އެވެ.  

އެ ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ޔޫއެންޑީޕީ އާއި، އެންސީޓީސީ، ޔުނިސެފް، ޔޫރަޕިއަން ޔޫނިއަން، އަދި ނެޝަނަލް ޔޫތް ކައުންސިލް ގުޅިގެންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް