ads
ނެހާގެ ކައިވެނީގެ ތެރެއިން--
ނެހާ ކައްކަރާއި ރޯހަން ކައިވެނިކޮށްފި
މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރާއި ރޯހަންޕްރީތު ކައިވެނިކޮށްފި އެވެ.

އިއްޔެގެ ވަގުތެއްގައި ނެހާ އާއި ރޯހަން ކައިވެނިކުރިއިރު އާންމުވެފައިވާ ފޮޓޯތަކުން ފެނިގެންދަނީ ނެހާ ޕީޗް ލެހެންގާއެއް ލައިގެން ހުރި މަންޒަރެވެ. އަދި އެ ކުލައިގެ ކުރުތާއެއްގައި ރޯހަން ވެސް ހުރެ އެވެ. 

އިންޑިއާގެ ވަރަށް ސަގާފީ ގޮތްގަނޑަކަށް ދެ މީހުން ވެސް ތިބިއިރު އެމީހުންނަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ. 

ޕަންޖާބީ ސްޓައިލަކަށް އެ ދެތަރިން ކައިވެނިކުރިއިރު ކައިވެނީގެ ފޮޓޯ އާއި ވީޑިއޯތައް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ފެނިގެންދަނީ ވަރަށް ކުލަ ގަދަގޮތަކަށް އެ ހަފުލާ އޮތް މަންޒަރެވެ. 

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް