މުހައްމާ ސިވިލްކޯތަށް ހާޒިރުވާން އަންގާފައިވަނީ، ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އޭނާގެ މައްޗަށް ދައުވާކުރާ، މުދަލާއި ހިދުމަތުގެ އަގު ހޯދުމުގެ މައްސަލާގެ އަޑުއެހުމަކަށެވެ.
މިމައްސަލާގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ މާދަމާގެ 11:20 އަަށެވެ.
ސިވިލް ކޯޓުން މުހައްމާ ކޯޓަށް ހާޒިރުކުރަން އަމުރުނެރެފައި ވަނީ އޮކްޓޫބަރު 21 ވަނަ ދުވަހެވެ. އެ މައްސަލައިގައި ފޯނަށް ޖަވާބުދާރީނުވުމުގެ ސަބަބުން މުހައްމާގެ ކޮމެންޓެއް ލިބިފައެއް ނުވެ އެވެ.