ads
ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލަކަށް ސިޔާސީ އެކްޓިވިސްޓެއް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ނިޒާމްގެ އަޚްލާގީ މައްސަލަތަކެއް ފެންމަތިވެ، އޭނާއާ މެދު ފިޔަވަޅު އަޅަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފިއެވެ. ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމަކީ، ސީރިއަސް ސުލޫކީ މައްސަލަތަކާއި ގުޅިގެން މީގެ ދުވަސްކޮޅެއް ކުރިން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި، ޢަބްދުﷲ ދީދީގެ އަރިސް މީހެކެވެ. 
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ނިޒާމްގެ އަޚްލާގީ މައްސަލަތަކެއް ފެންމަތިވެ، އޭނާއާ މެދު ފިޔަވަޅު އަޅަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފިއެވެ. ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމަކީ، ސީރިއަސް ސުލޫކީ މައްސަލަތަކާއި ގުޅިގެން މީގެ ދުވަސްކޮޅެއް ކުރިން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި، ޢަބްދުﷲ ދީދީގެ އަރިސް މީހެކެވެ. 

މުހައްމަދު ނިޒާމުގެ ސުލޫކީ މައްސަލަތަކެއް ފާހަގަކޮށް އޭނާއަށް ފިޔަވަޅު އަޅަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް އާއްމު ފަރާތަކުން ހުށަހެޅި މައްސަލަތަކަކާއި ގުޅިގެން އެކަން ބަލައި ތަހުގީގު ކުރުމަށް ފަހުއެވެ. ޖުޑިޝަރީ ކޮމިޓީއަށް އާއްމު ފަރާތަކުން މައްސަލަ ހުށަހަޅާފައިވަނީ މުހައްމަދު ނިޒާމްގެ ފޭސްބުކް އެކައުންޓުން ކުރާ ޕޯސްޓްތަކާ ގުޅިގެންނެވެ. ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރި ނިޒާމްގެ ފޭސްބުކް އެކައުންޓުން ސިޔާސީ ގިނަ ޕޯސްޓްތަކެއް ކޮށްފައިވެ އެވެ. ވަކިން ޚާއްސަކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޭ އަދަބީ ބަހުން މުހާތަބުކޮށް ޕޯސްޓްތައް ކޮށްފައިވެ އެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރު އަބްދުﷲ ދީދީ ދިފާއުކޮށް، އަދި ޖޭއެސްސީއަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުކޮށްފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްހެން ފަނޑިޔާރުން އައްޔަންކޮށްފައިވާތީ އެކަމަށްވެސް މުހައްމަދު ނިޒާމުވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔާފައެވެ. 

މި މައްސަލަ ތަހުގީގު ކުރުމަސް ފަހު، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ނިޒާމުއާ ހަވާލާދީ ބުނެފައިވަނީ ނިޒާމުގެ ފޭސްބުކް އެކައުންޓް ހެކްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ޑީޖޭއޭއިން ބެލި ބެލުމުން އެ އެކައުންޓް ހެކްކޮށްގެން އެއްވެސް ފަރާތަކަށް ނިޒާމް ޝަކުވާ ހުށަހަޅާފައެއް ނުވާ ކަމަށާއި، އަދި އޭނާގެ ދަރީންގެ ފޮޓޯ ވެސް އެ އެކައުންޓުން ހިއްސާކޮށްފައިވާ ކަމަށް އެހެންކަމުން އޭނާގެ އެކައުންޓް ހެކްކޮށްފައިވާ ކަމަށް ބުނާ ބުނުން ގަބޫލު ނުކުރެވޭ ކަމަށެވެ. މިކަންކަން ބެލުމަށްފަހު ޑީޖޭއޭއިން ނިންމާފައިވަނީ ނިޒާމްގެ އަމަލަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. އެހެންވެ އޭނާއަށް ފިޔަވަޅު އެޅުމަށް ހިއުމަން ރިސޯސް ކޮމިޓީއަށް ހުށަހަޅަން ވަނީ ނިންމާފަ އެވެ. އަދި ނިޒާމްގެ އެކައުންޓް ބޭނުން ކުރަނީ އޭނާތޯ ނޫންތޯ ބެލުމަށް ކަމާބެހޭ އިދާރާއަށް ހުށަހަޅަން ވެސް ޑީޖޭއޭއިން ވަނީ ނިންމާފަ އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިދާރީ އިސް މަގާމަކަށް ނިޒާމް އައްޔަންކޮށްފައިވަނީ ނިމިޔަ ރިޔާސީ އިންތިޚާބުގެ ފަހުންނެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ކުރީގެ ރައީސް ޔާމީންގެ ކެމްޕެއިންގައި ނިޒާމްވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ. މި ގޮތުން، ޕީޕީއެމްގެ އޭރުގެ މަޖިލިސް މެންބަރުންނާއި އެކު ކެމްޕެއިނަށް އަތޮޅުތަކަށް ދަތުރުކުރި ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެއެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް