ads
އަދާލަތު ޕާޓީގެ އިސްވެރިން--
އަދާލަތު ޕާޓީގެ ގައުމީ މަޖިލިސް ފެބްރުއަރީ މަހަށް ތާވަލުކޮށްފި
އަދާލަތު ޕާޓީގެ ގައުމީ މަޖިލިސް އަންނަ އަހަރުގެ ފެބްރުއަރީ 26 އަދި 27 ގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.

އަދާލަތު ޕާޓީން ބުނީ، އެ ޕާޓީގެ އެކި މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ ގައުމީ މަޖިލީހަކީ ޕާޓީގެ އެންމެ އިސް ރުކުން ކަމަށެވެ. 

ގައުމީ މަޖިލިސް ބޭއްވުމުގެ ކުރިން ޕާޓީގެ ރައީސާއި، ނައިބު ރައީސް ކަމުގެ އިންތިހާބާއި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބު މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ޕާޓީން މައުލޫމާތު ދެއެވެ. 

އޭގެ އިތުރުން ޕާޓީގެ ޒުވާނުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލީހާއި، ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެ ކަމަށް ވެސް އަދާލަތު ޕާޓީން ބުނެ އެވެ. 

އަދާލަތު ޕާޓީން ބުނެފައި ވަނީ، ގައުމީ މަޖިލީހުގެ ބައްދަލުވުން އަޑުއެހުމަށް ޕާޓީގެ އާއްމު މެންބަރުންނަށް ފުރުސަތު ލިބިގެންވާ ކަމަށާއި، މި ބައްދަލުވުމުގައި އިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އިދާރީ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ އިތުރުން ދާއިރާތަކާއި ގޮފިތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް