ads
މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ވީނިއުސް
40 މޭލަށް ވައިގަދަވާނެތީ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. 

މިއަދު 11:45 އިން ފެށިގެން 15:00 އަށް އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.

މެޓުން އިތުރަށް ބުނީ ދެކުނުގެ އަތޮޅުތަކައް ހުޅަނގުދެކުނާއި ހުޅަނގުން އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. 

އަދި ކަނޑުތައް އާދައިގެ ވަރަކަަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ވެސް ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް މެޓުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް