ads
ވިރާޓް އަދި އަނުޝްކާ--
ދަނޑުމަތީގައި ވެސް ވިރާޓް އަހަނީ އަނުޝްކާ ހުރީ ކައިގެންތޯ!
ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުންދާ ވިރާޓް ކޯލީ އާއި އަނުޝްކާ ޝަރްމާއަށް ދަރިއަކު ލިބޭ ހަބަރުން އެންމެން ވެސް ތިބީ އުފަލުން ފޮޅިފަ އެވެ.

މިފަހަރު ވައިރަލްވެގެން މި އުޅެނީ ކްރިކެޓް ކުޅެން ދަނޑުމަތީގައި ހުރެ، ވިރާޓް، އޭނާގެ އަނބިމީހާއާ އަތުގެ އިޝާރާތުން ވާހަކަ ދައްކާ ވީޑިއޯ އެކެވެ. 

އެގޮތުން ފެނިގެން ދަނީ ކައިފިތޯ ސުވާލު ކުރާ މަންޒަރެވެ. އަދި ޖަވާބުގައި އަނުޝްކާ އާނއެކޭ ބުނާ މަންޒަރު ފެނެ އެވެ.

އެ ވީޑިއޯއަކީ ޔޫއޭއީގައި އިންޑިއަން ޕްރިމިއާ ލީގް ކުރިއަށް ދަނިކޮށް މެޗެއްގެ ތެރެއިން ދަނޑުގައި ހުރެ ވިރާޓް އޭނާގެ އަނބިމީހާއާ ވާހަކަ ދައްކާ ވީޑިއޯ އެކެވެ. 

ވިރާޓް ކުޅޭ މެޗުތައް ބެލުމަށް އާންމުކޮށް ވެސް އަނުޝްކާ ގޮސް ހަދަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަނުޝްކާ އާއި ވިރާޓް އެ މީހުންނަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާން ކުރިއިރު އަނުޝްކާ ވިހާނީ ޖެނުއަރީގައި ކަމަށް ވިރާޓް ބުނެ އެވެ. 

މި ދެ ތަރިން، 2017 ވަނަ އަހަރު އިޓަލީގައި ކައިވެނި ކުރިއިރު އެ މީހުންގެ ކައިވެނީގެ ފޮޓޯތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް