ads
ހީނާ އާއި އޭނާގެ ބައްޕަ--
ފައިސާ ރައްކާނުކުރާތީ ހީނާ ހާނަށް ވަރުގަދަ ލަނޑެއް ދީފި
އިންޑިއާގެ މަޝްހޫރު ޓީވީ ތަރި، ހީނާ ހާނަކީ ވިޔަފާރިކުރުމަށް ލޯބިކުރާ ތަރިއެއް ނަމަވެސް އޭނާ ބައްޕަ މިވަނީ އެކަމަށް ހުރަސް އަޅާފަ އެވެ.

ހީނާ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރި ވީޑިއޯގައި ފެނިގެންދަނީ ހީނާގެ ބައްޕަ، އޭނާގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވެސް ބްލޮކްކޮށްލައިގެން އުޅޭތީ އެގޮތަށް ކަންތައް ކުރީ ކީއްވެތޯ ސުވާލުކުރާ މަންޒަރެވެ. އަދި ޖަވާބުގައި އޭނާގެ ބައްޕަ ވަނީ ހީނާއަށް ކާޑު އިތުރަށް ބޭނުން ނުވާނެ ކަމަށް ބުނެފަ އެވެ. 

މާގިނައިން ފައިސާ ބޭނުންކުރާތީ އޭނާގެ ބައްޕަ ވަނީ ފައިސާ ފަހަށް ރައްކާކުރަން ބޭނުންވާތީ ކުރި ކަމެއް ކަމަށް ވެސް ބުނެފަ އެވެ. 

އަދި އެ ޖަވާބާއެކު ހީނާ ވަނީ އޭނާ ދެން އެއްޗެއް ގަންނާނީ ކިހިނެއްތޯ އާއި ކޮފީއެއް ގަނެލާނެ ލާރިވެސް ނެތް ކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ. އެއާއެކު ހީނާގެ ބައްޕަ ވަނީ 200 ރުޕީސް އޭނާގެ އަތަށް ދީފަ އެވެ. 

އިންޑިއާގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓީވީ ތަރިންގެ ލިސްޓުގައި ހިމެނޭ ހީނާ ވަނީ ހުކުރު ދުވަހު އިންސްޓަގްރާމު މެދުވެރިކޮށް 10 މިލިއަން ފޮލޯވަރުން ލިބުން ވެސް ފާހަގަކޮށްފަ އެވެ. ސްޓާ ޕްލަސް އިން ދެއްކި ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ އިން އަކްޝަރާގެ ރޯލުން މަގްބޫލުވި ހީނާ ބައެއް ރިއަލިޓީ ޝޯތަކުން ވެސް ފެނިގެންގޮސްފަ އެވެ. އޭގެ ތެރޭގައި ބިގް ބޮސް ފަދަ ކާމިޔާބު ޝޯތައް ހިމެނެ އެވެ. 

57%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް