ads
ޝަހިންދާ -- ފޮޓޯ: ހަފްތާ
ސަލްފް ޖަމިއްޔާ އުވާލުމާ ދެކޮޅަށް އެމްޑީއެން އިން ތެދުވެއްޖެ
ދީނީ އިލްމުވެރިންތަކެއް ހިމެނޭ ޖަމިއްޔަތުއްސަލަފު އުވާލުމާ ދެކޮޅަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑިއެން) އިން ތެދުވެއްޖެއެވެ.
ދީނީ އިލްމުވެރިންތަކެއް ހިމެނޭ ޖަމިއްޔަތުއްސަލަފު އުވާލުމާ ދެކޮޅަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑިއެން) އިން ތެދުވެއްޖެ އެވެ.

އެމްޑީއެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޖަމްއިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންދާ ޖަމިއްޔާތަކާ މެދު ފިޔަވަޅު އެޅުމަށް ދެކެވޭ ވާހަކަތަކާއި، މިމަހުގެ ފަސްވަނަ ދުވަހު އެމްޑީއެން އުވާލުމަށް ނިންމުމަށްފަހު، އެހެން ޖަމިއްޔައެއް އުވާލުމަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކާލާތުކުރަމުންދާތީ ނުހަނު ކަންބޮޑުވާ ކަމަށެވެ.

އެމްޑީއެންގެ ބަޔާނުގައި ވަނީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާއިން ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކާއި، ޖަމާއަތްތައް ހެދުމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ލިބިދީފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ 22 ވަނަ މާއްދާއަކީ އެއިން އެއްވެސް ބައެއް އުނިކުރުމަކާ ނުލާ ދިވެހި ދައުލަތުން ސޮއިކޮށް އެއްބަސްވެފައިވާ ކަންތައްތަކެއްކަން ދިވެހި ދައުލަތަށް ހަނދުމަކޮށް އަރުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މީގެއިތުރުން ޖަމިއްޔަތުލް ސަލަފް އާއި އެޖަމްއިއްޔާއަށް ނިސްބަތްވާ ބައެއް ފަރުދުން ހިންގާފައިވާ އަދި ހިންގަމުންދާ ހަރަކާތްތަކަކީ ޓެރަރިޒަމަށް ބާރުދޭ އަމަލުތަކެއް ކަމުގައި ކުރެވޭ އިލްޒާމަކީ ސީރިއަސް މައްސަލަތަކެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން 2015 ވަނަ އަހަރު އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިންދަ މޯލްޑިވްސް" ރިޕޯޓުގައި ސަލަފް ޖަމިއްޔާއާ ގުޅޭ ކަންތައްތަކެއް ފާހަގަކޮށްފައިވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ. އެ މައްސަލަތައް ތަހުގީގު ނުކޮށް ގިނަ އަހަރުތަކެއް ވަންދެން އޮތުމަކީ މައްސަލަ އިތުރަށް ނުރައްކާތެރިވާނެ ކަމެއް ކަމުގައި ދެކޭ ކަމަށާއި މައްސަލަ ތަހުގީގުކޮށް، ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ޖަމިއްޔާތަކަ މެދު ކުރެވޭ އިލްޒާމަކާ ގުޅިގެން އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޖަމިއްޔާ އުވާލުމާއި، ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި އެކަން އަޑުހަރުކޮށް ކުށްވެރިކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

"ދިވެހިރާއްޖޭގައި ޖަމިއްޔާ ޖަމާއަތް އުފައްދައިގެން ހިންގުމަށްޓަކައި މިވަގުތު އޮތް ގާނޫނީ އޮނިގަނޑަކީ އޭގައި ގިނަ މައްސަލަތަކެއް ހުރި ގާނޫނީ އޮނިގަނޑެއްކަން އެއީ އެކިފަހަރުމަތިން ޖަމިއްޔާތަކުން ފާހަގަކޮށްފައިވާ ކަމެކެވެ. އަދި އެ ގާނޫނު އިސްލާހުކުރުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ." ބަޔާނުގައިވެ އެވެ.

މީގެއިތުރުން ޖަމިއްޔާތަކުގެ ދައުރާއި، ޖަމިއްޔާތަކުގެ މިނިވަންކަމާއި އަދި ޖަމިއްޔާތައް ބެލެހެއްޓުމުގެ ގާބިލުކަން އެއްވެސް މިންވަރަކަށް ނެތް ބަޔަކާ ޖަމިއްޔާތަކުގެ ކަންކަން ހަވާލުކުރުމަކީ ދިވެހިރާއްޖޭގައި މަދަނީ ޖަމިއްޔާތައް ކުރިއެރުވުމަށް ސަރުކާރުން ފެއިލްވެފައިވާ މިންވަރު ސާފުކޮށް ދައްކުވައިދޭ ކަމެއް ކަމަށް ދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ސަރުކާރަށް އެއް އަހަރު ދުވަސް ވެގެންދިޔައިރު ޖަމިއްޔާތަކާ ބެހޭ ގާނޫނަށް އިސްލާހު ނުގެނެވުމާއި، ޖަމިއްޔާތަކާ މެދު ގާނޫނާ ހިލާފަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ މައްސަލައިގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަދި ޔޫތު މިނިސްޓްރީ ޖަވާބުދާރީ ކޮށްދިނުމަށްވެސް އެމްޑީއެންގެ ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ގޮވާލާފަ އެވެ.

މިބާޔާނުގައި އިތުރަށް ވަނީ މަދަނީ ޖަމިއްޔާތައް ހިންގުމަށް ހުރަސް ނާޅާ، ޖަމިއްޔާތަކުގެ މަސައްކަތަކީ ބޭނުންތެރި މަސައްކަތަކަށް ހެދުމަށް އެއްބާރުލުން ދިނުމަށާއި، މައްސަލައެއް ދިމާވުމުން މައްސަލަ ހައްލުކޮށް އިސްލާހު ކުރުމުގެ މަގު ފަހިކޮށްދިނުމަށް ދިވެހި ސަރުކާރާއި ދައުލަތަށް އިލްތިމާސްކޮށްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް