ads
ސޯނޫ ސުއޫދު--
ސަޕޯޓަރަކު ސޯނޫ ކައިރީ އެދުނީ ރާއްޖެއަށް ގެނެސްދޭން!
މިފަހުން ބޮލީވުޑުގެ ތަރި ސޯނޫ ސޫދުގެ ނަން ހަބަރުތަކުގެ ފަލަ ސުރުހީތަކަށް އަރައިގެން ދިޔައީ ކޮވިޑާއެކު ވަޒީފާގެ ގެއްލި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގައި އަވަދިނެތި ކުރަމުންދާ މަސައްކަތާއެކު އެވެ. ވަޒީފާތައް ގެއްލި އަނބުރާ ނިސްބަތްވާ ސިޓީއަށް ނުވަތަ ވިލެޖަށް ނުދެވިފައި ތިބި އެތައް ހާސް ބަޔަކު ވަޒަނަށް ފޮނުވައިދިނީ ހިލޭ ސާބަހަށެވެ.

އެގޮތަށް މަސައްކަތް ކުރަމުންދަނިކޮށް ސޯނޫގެ ސަޕޯޓަރަކު މިވަނީ އޭނާ ރާއްޖެއަށް ފޮނުވައިދިނުމަށް އެދިފަ އެވެ. ޓްވީޓާ މެދުވެރިކޮށް މީހަކު އެދުނު އެ އެދުމަށް އޭނާ ވަނީ މާއިރުތަކެއް ނުވެ ޖަވާބެއް ވެސް ދީފަ އެވެ. އެގޮތުން މަޖާޒީގޮތަކަށް އޭނާ ވަނީ ރާއްޖެއަށް ދާން ބޭނުމީ ބައިސްކަލެއްގައިތޯ ނުވަތަ ރިކްޝާއެއްގައިތޯ ސުވާލުކޮށްފަ އެވެ. 

ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ގިނަ ބަޔަކު ސޯނޫގެ އެހީތެރިކަމަށް އެދެމުން އަންނައިރު އޭނާ ބުނާ ގޮތުންނަމަ ކޮންމެ ދުވަހަކު ވެސް އޭނާއަށް އެތައް ބަޔަކު އެހީތެރިކަމަށް އެދި މެސެޖްކުރަމުންދެ އެވެ. އަދި ވީވަރަކުން އަންނަނީ އެހީ ވެސް ފޯރުކޮށްދެމުންނެވެ. 

އެގޮތަށް މިދަނޑިވަޅުގައި އެހީވަމުންދާތީ ބައެއް މީހުން ސޯނޫގެ ނިޔަތާ މެދު ސުވާލު އުފެއްދިޔަސް ސޯނޫ ވަނީ އެކަންކަމަށް މާބޮޑު ސަމާލުކަމެއްދޭން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް