ads
ޝަންގްރިއްލާ ރިސޯޓް-- ފޮޓޯ: އަގޯޑާ
ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތައް ކަރަންޓީނުކުރުމަށް ހާއްސަ ރިސޯޓެއް ހަދަނީ
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަރަންޓީނުކުރުމަށާއި، އެކަހެރި ކުރުމަށް ހާއްސަ ރިސޯޓެއް ކަނޑައަޅަން ޓޫރިޒަމް މިނިސްޓްރީ އިން ނިންމައިފި އެވެ.

މިނިސްޓްރީ އިން މިގޮތަށް ނިންމާފައިވަނީ ރިސޯޓްތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ރިސޯޓްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ، އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވާ ފަތުރުވެރިންނާއި މުވައްޒަފުން އެކަހެރިކޮށް ކަރަންޓީނުކުރާނީ އެ ހާއްސަ ރިސޯޓުގައިކަމަށް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ކަރަންޓީނުގެ ގޮތުގައި ކަނޑައެޅޭ އެ ރިސޯޓަކީ އއ. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، ނުވަތަ ކ. އަތޮޅެއްގައި އޮންނަ ރިސޯޓަކަށް ވެފައި، އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭ ރިސޯޓަކަށް ވާން ޖެހެއެވެ. އަދި މަދުވެގެން 50 އެނދުގެ ޖާގައެއް އޮތުމާއި، ރިސޯޓުގައި ކަރަންޓީން ނުވަތަ އެކަހެރިކުރެވޭ ފަރާތްތަކުގެ އިންތިޒާމްތައް ހަމަޖެހިފައިވާންޖެހެއެވެ. މީގެ އިތުރުން އެ ރިސޯޓް ތިން މަސްދުވަހަށްވުރެ މަދު ނޫން މުއްދަތަކަށް ސަރުކާރާއި ހަވާލުކުރަން ޖެހޭނެއެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ނޮވެމްބަރު ވާ އަންގާރަ ދުވަހުގެ 13:00 ގައި ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 16 ނޮވެމްބަރު ވާ ހޯމަ ދުވަހުގެ ކުރިން ޝައުގުވެރިކަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަދި މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9 ނޮވެމްބަރު ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އަށް އެ ފަރާތްތަކުގެ މައުލޫމާތު ފޮނުވުމަށް މިނިސްޓްރީ އިން އެދެއެވެ.

މިވަގުތު ރާއްޖޭގެ 27 ރިސޯޓެއްގައި އަދި 18 ރަށެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 35 ފަތުރުވެރިންނާއި 81 މުވައްޒަފުން އެބަ ތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް