ads
ޑރ. މުހައްމަދު ސޯލިހް--
އޭއީއެޗްގެ ސީއީއޯގެ މަގާމަށް ޑރ. ސޯލިހް އައްޔަނުކޮށްފި
އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޑރ. މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ސޯލިހް އެ މަގާމަށް އައްޔަނު ކުރެއްވީ މިނިސްޓަރުގެ ނައިބުންނާ އެއް ފެންވަރެއްގައި ކަމަށެވެ.

އޭއީއެޗްގެ ސީއީއޯގެ މަގާމަށް ސޯލިހް އައްޔަނު ކުރައްވާފައި ވާއިރު، އޭނާއަކީ މިހާރު ވެސް މެޑިކާ ހޮސްޕިޓަލުގެ މެނޭޖްމަންޓުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ސޯލިހް ވަނީ ގިނަ އަހަރުތަކެއް ވަންދެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ވެސް ހިންގަވާފަ އެވެ. ސާޖަންއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސޯލިހް ވަނީ މި ދާއިރާގައި 25 އަހަރު ހިދުމަތް ކުރައްވާފަ އެވެ. 

ހޮސްޕިޓަލް މެނޭޖްމަންޓު ދާއިރާއިން މާސްޓާސް ހާސިލްކޮށްގެން ހުންނެވި ސޯލިހްގެ ހިންގެވުމުގެ ދަށަށް އޭއީއެޗް ބަދަލުކުރުމާއެކު އޭނާ ވިދާޅުވީ އުއްމީދަކީ އެތަނަކީ ފެންވަރު ރަނގަޅު ތަނަކަށް ހެދުން ކަމަށެވެ. 

މީގެ ކުރިން އޭއީއެޗް ހިންގަމުން ގެންދިޔެއީ ސީދާ ރައީސް އޮފީހުގެ ބެލުމުގެ ދަށުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް