ads
ނޮޅިވަރަންފަރުގައި ހިޔާވަހިކަމަށް ބޭނުންވާ މީހުން ކުރިން ބޭއްވި އިހުތިޖާޖެއް--
ނޮޅިވަރަންފަރުގައި ހިޔާވަހިކަން ނެތް އާއިލާތަކަށް އަންނަ މަހު ހައުސިން ޔުނިޓު ހަވާލުކުރަނީ
ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ 52 އާއިލާގެ ހައުސިން ޔުނިޓުތައް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަވާލުކުރާނެ ކަން އިއުލާންކޮށްފި އެވެ.

ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން އެކަން އިއުލާން ކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މީގެ ކުރިން ވެސް ނަޝީދު އއެ ސުވާލު ކުރައްވާފައި ވާތީ އަސްލަމް ވަނީ ރޭގެ ވަގުތެއްގައި ސިޓީ މެދުވެރިކޮށް މަޖިލީހަށް ޖަވާބު ފޮނުއްވާފަ އެވެ.

"2011 ވަނަ އަހަރު އެއް ފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ހދ. ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫން ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ހަމަނުޖެހޭ 52 އާއިލާގެ ހައުސިން ޔުނިޓތައް ޑިސެމްބަރުގައި ހަވާލު ކުރެވޭނެ،" އަސްލަމް ވިދާޅުވި އެވެ.

އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން މަސައްކަތް ހުއްޓިފައިވާ 100 ހައުސިން ޔުނިޓުގެ މަސައްކަތް 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ހުށަހަޅާފައި ވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. 

ނޮޅިވަރަންފަރަށް މީހުން ބަދަލުކުރަން ފެށީ 2011 ވަނަ އަހަރު އެވެ. އެ ރަށަށް ބަދަލުކޮށްފައި ވަނީ ހދ. ފަރިދޫ އާއި ކުނބުރުދޫ އަދި މާވައިދޫ މީހުންނެވެ.

"އޮޕަރޭޝަން އެއްފަސް ހދ. 2011" ގެ ނަމުގައި އެމްއެންޑީއެފް ނޮދަން އޭރިއާއިން ފެށި އެ މަސައްކަތުގައި އެންމެ ފުރަތަމަ ބަދަލުކުރީ މާވައިދޫ ރައްޔިތުންނެވެ.

އެ ރަށްތަކުން މީހުން ބަދަލުކުރުމަށްޓަކައި އެމްއެންޑީއެފްގެ ޓީމެއް އެ ރަށްރަށަށް ގޮސް ސާވޭތަކާއި ޕްލޭންތައް ކޮށްފައި ވެއެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އެ ތިން ރަށަކީ މީހުން ނޫޅޭ ރަށްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް