ads
ޖޯ ބައިޑެން--
ބައިޑެންގެ ވައުދު: އިސްލާމްދީނަށް އިހްތިރާމް ކުރާނަން
އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އަކީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ތަފާތު ބޭފުޅެކެވެ. އެގޮތުން ގެންގުޅުއްވާ ސިޔާސަތުގެ ތަފާތުތައް ވެސް ފާހަގަކުރެވެ އެވެ.

ޓްރަމްޕްގެ ފަސް އަހަރުގެ ދައުރުގައި އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ގިނަ ކަންތައްތަކެއް ކޮށްފައި ވެއެވެ. އެއާ ހިލާފަށް ބައިޑެން ބެލެވެނީ ހުރިހާ ދީނަކަށް ވެސް ހަމަހަމަ ސިޔާސަތެއް ގެންގުޅުއްވާނެ ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން ބައިޑެން އެފަދަ ވާހަކައެއް ދައްކަވާ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. 

ބެލެވޭ ގޮތުގައި އެއީ ބައިޑެންގެ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ނަގާފައިވާ ވީޑިއޯ އެކެވެ. މުސްލިމް އަންހެނަކާއި ކުޑަކުއްޖަކާ މުހާތަބުކޮށް ބައިޑެން ވާހަކަދައްކަވާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ. އަދި ބައިޑެން ހިތްވަރު ދެއްވަނީ އަމިއްލަ ނަފްސާ މެދު ފަހުރުވެރިވުމަށެވެ.

"އަޅުގަނޑު ވައުދުވަން، ރައީސްގެ ހައިސިއްޔަތުން، އިސްލާމްދީނާ މެދު ކަންތައް ކުރެވޭނީ ދީނަށް ދޭން ޖެހޭ ގަދަރާއި އިހްތިރާމާއެކު،" ބައިޑެން ވިދާޅުވާ އަޑު އެ ވީޑިއޯއިން އިވެ އެވެ. 

އެމެރިކާ އިންތިހާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުގައި ކުރީގައި އުޅުއްވަނީ ބައިޑެން އެވެ. އެގޮތުން ބައިޑެން އަށް 264 އިލެކްޓޯރަލް ކޮލެޖު ވޯޓު ލިބިފައި ވާއިރު، ޓްރަމްޕަށް ލިބިފައި ވަނީ 214 ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުން ވަނީ 270 އިލެކްޓޯރަލް ކޮލެޖު ވޯޓެވެ.

92%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް