ads
ޓްރަމްޕް އަދި ބައިޑެން--
ޕެރިސް އެއްބަސްވުމުގައި އަލުން އެމެރިކާ ބައިވެރިވާނެ: ބައިޑެން
ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރައީސްކަމުގެ ހުވާ ކުރައްވާ ދުވަހު، އަލުން އެމެރިކާ ޕެރިސް ކްލައިމެޓް އެއްބަސްވުމުގައި ބައިވެރިވާނެ ކަމަށް ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ޖޯ ބައިޑެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ޓްރަމްޕްގެ ސަރުކާރުން ވަނީ ޕެރިސް ކްލައިމެޓް އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލަން ނިންމާފައި، ނަމަވެސް 77 ދުވަސްތެރޭ އޭނާގެ ސަރުކާރުން ޕެރިސް ކްލައިމެޓް އެއްބަސްވުމުގައި އަލުން ބައިވެރިވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕެރިސް ކްލައިމެޓް އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލާނެ ކަމަށް ޖޫން 2017 ގައި އިއުލާން ކުރައްވާފައިވާ އިރު، އޭގެ ދެ އަހަރު ފަހުން ވައިޓް ހައުސް އިން ވަނީ ޕެރިސް އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލާނެކަމަށް އިއުލާންކޮށްފަ އެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގެ މުއްދަތުގައި ޓްރަމްޕް ވަނީ ތިމާވެށީގެ 100 އަށް ވުރެ ގިނަ އެއްބަސްވުންތަކަށް އަމަލުކުރުން ހުއްޓާލާފަ އެވެ. ދެވަނަ ފަހަރަށް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންފި ނަމަ، އިތުރު އެއްބަސްވުންތަކެއް އުވާލާނެކަމަށް ލަފާކުރެވެއެވެ.

ޓްރަމްޕް ފާހަގަ ކުރެވިފައިވަނީ ތިމާވެށީގެ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އަދި ޖޯކް ޖައްސަވާ ބޭފުޅެއްގެ ގޮތުގައެވެ.

36%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް