ads
އިޝްތިހާރުކުރި ގޮތަށް ތެލެއްގެ އަސަރު ނުކޮށްގެން ގޯވިންދާ އާއި ޖެކީއަށް ޖޫރިމަނާއެއް!
ތަންތަނަށް ތަދު އެރުމުން 15 ދުވަހުގެ ތެރޭގައި ތަދު ފިލާ ކަމަށް ބުނާ ތެޔޮ ފުޅިއެއް އިޝްތިހާރު ކުރުމުން ބޮލީވުޑުގެ ބަތަލު ގޯވިންދާ އާއި ޖެކީ ޝްރޯފަށް ޖޫރިމަނާއެއް ދައްކަން ޖެހިއްޖެ އެވެ.
ތަންތަނަށް ތަދު އެރުމުން 15 ދުވަހުގެ ތެރޭގައި ތަދު ފިލާ ކަމަށް ބުނާ ތެޔޮ ފުޅިއެއް އިޝްތިހާރު ކުރުމުން ބޮލީވުޑުގެ ބަތަލު ގޯވިންދާ އާއި ޖެކީ ޝްރޯފަށް ޖޫރިމަނާއެއް ދައްކަން ޖެހިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ކަސްޓަމަރަކު ވަނީ އެކަން އުއްތަރު ޕްރަދޭޝްގެ ކޯޓަކަށް ހުށަހަޅާފަ އެވެ. މައްސަލަ ބެލުމަށް ފަހު ކޯޓުން ނިންމާފައި ވަނީ އެ ދެ ތަރިން 20000 ރުޕީސް އިން ޖޫރިމަނާ ކުރާށެވެ. އެ މައްސަލައާ ގުޅިގެން ގޯވިންދާ އާއި ޖެކީގެ އިތުރުން އެ ތެޔޮ އުފައްދާ އިޝްތިހާރު ކުރި ކުންފުނި ވެސް ޖޫރިމަނާ ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ ފަސް އަހަރު ކުރިން އެ މައްސަލަ ހުށަހަޅާފައި ވަނީ ތެޔޮ ބޭނުންކޮށްގެން ވެސް އިޝްތިހާރުގައި ބުނެފައިވާ ގޮތަށް ތަދު ނުފިލުވުމުންނެވެ. ހަބަރުތައް ބުނާ ގޮތުން ޖެކީ އާއި ގޯވިންދާއަކީ އެ ކުންފުނީގެ ދެ އެމްބެސެޑަރުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން މައްސަލަ ހުށަހެޅީ އުއްތަރު ޕްރެދޭޝްގެ ވަކީލެކެވެ. އެގޮތުން އޭނާގެ ބައްޕަ، އެ ތެޔޮ ބޭނުން ކުރުމުން ވެސް ރަނގަޅު ނުވާ ކަމަށް ބުނެ އެވެ. އެމީހާ ބުނި ގޮތުގައި ނޫހެއްގައި ކޮށްފައިވާ އެ އިޝްތިހާރުގައި ބުނެފައި ވަނީ 3600 އަށް ލިބޭ އެ ތެޔޮ ބޭނުންކުރުމުން 15 ދުވަހުން ރަނގަޅު ވާނެ ކަމަށެވެ. އަދި ރަނގަޅު ނުވެއްޖެ ނަމަ ރިފަންޑު ވެސް ކޮށްދޭނެ ކަމަށެވެ. އެކަމަކު ރީފަންޑު ހޯދަން ގުޅުމުން އަނބުރާ ފައިސާ ނުލިބުނު ކަމަށް ވެސް ބުންޏެވެ.

އެމީހާ އިތުރަށް ބުނި ގޮތުގައި އެ ތެޔޮ އޭނާ ގަނެފައި ވަނީ ގޯވިންދާ އާއި ޖެކީ ފަދަ ކުޅަދާނަ ތަރިން އެ ތެޔޮ އިޝްތިހާރު ކުރުމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް