ads
ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފްގެ ހިތާނީ ކޭމްޕަށް ޗީފް އޮފް ޑިފެންސް ފޯސް ޒިޔާރަތް ކުރައްވައިފި
ސިފައިންގެ ޢާއިލާތަކާއި އާންމުންނަށް އަމާޒުކޮށްގެން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ހިންގާ ހިތާނީ ކޭމްޕަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިއަދު ހަވީރު ޒިޔާރަތްކުރައްވައިފިއެވެ.
ސިފައިންގެ އާއިލާތަކާއި އާންމުންނަށް އަމާޒުކޮށްގެން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ހިންގާ ހިތާނީ ކޭމްޕަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ހަވީރު ޒިޔާރަތްކުރައްވައިފި އެވެ.

އެމަނިކުފާނު ހިތާނީ ކޭމްޕަށް މި ކުރެއްވި ޒިޔާރަތުގައި ހިތާނު ކޮށްފައިވާ ކުދިންނާ ވަނީ ބައްދަލުކުރައްވާ ހާލު އޮޅުންފިލުއްވާފަ އެވެ.

ހިތާނީ ކޭމްޕްގެ ކަންކަން އިންތިޒާމުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ މައުލޫމާތުވެސް ސާފުކުރެއްވި އެވެ.

ސިފައިންގެ އާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން މިމަހު 24 އިން ފެށިގެން ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ކުރިއަށް ގެންދާ ހިތާނީ ކޭމްޕުގައި 40 ކުދިން ހިތާނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ދުވާލަކު 4 ކުދިން ހިތާނުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގައި ހިތާނު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލަށް ގުޅައިގެން ނަން ނޯޓު ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް