ads
ފޮޓޯ: ރައީސް އޮފީސް
މާމިނގިލީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ސޯލިހާ ހިއްސާކޮށްފި
އދ. މާމިނގިލީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ހިއްސާކޮށްފި އެވެ.
އދ. މާމިނގިލީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކޮށްފި އެވެ.

މާމިނގިލީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފައިވަނީ މާމިނގިލީ ކައުންސިލްގެ މެމްބަރުން މިއަދު ރައީސް އޮފީހުގައި ރައީސް ސޯލިހާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގަ އެވެ.

އެގޮތުން މާމިނގިލީ ސިއްހީ ނިޒާމުގެ ފެންވަރު ރަނގަޅުކޮށް އެކަށީގެންވާ ސިއްހީ ޚިދުމަތެއް ގާއިމުކުރުމަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

މީގެ އިތުރުން ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާ ކަމަށާ އަދި މިހާރު ހުރި އިޖުތިމާއީ މަރުކަޒާއި ބެހޭގޮތުން ހުރި ކަންބޮޑުވުންތަކާއި ރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

މިބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިގެންދާ ބާރުތަކާ އަދި އަންނަ އަހަރުގެ ބަޖެޓާއެކު ކައުންސިލުތަކަށް މާލީގޮތުން ލިބޭ ތަނަވަސްކަމާއެކު ބައެއް ކަންކަމަށް ޙައްލު ލިބިގެންދާނެކަން ފާހަގަކުރައްވާފަ އެވެ. އަދި މާމިނގިލީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް