ads
ހެލްތު ކޮމިޓީގެ ބޭފުޅުންނާ ނައިބް ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވާ މަޝްވަރާކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ސިނގިރޭޓް މަނާ ކުރާ ޕްލޭންގެ މަސައްކަތް އަވަހަށް ފެށުމަށް އަންގަވައިފި
އާއްމު ތަންތަނުގައު ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ކުރުމަށް އެކުލަވާލާފައިވާ ޕްލޭނުގެ ދަށުން މި ވަގުތަށް ފެށެން ހުރި މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް ނައިބު ރައީސް ފައިސަލް ނަސީމް އަންގަވައިފި އެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ކުރުމަށް އެކުލަވާލާފައިވާ ޕްލޭނާ ގުޅޭ ގޮތުން މިއަދު ހެނދުނު ރައީސް އޮފީހުގައި ނައިބު ރައީސް ފައިސަލް ވަނީ ހެލްތު ކޮމިޓީއާ މަޝްވަރާ ކުރައްވާފަ އެވެ. 

އެ ބައްދަލުވުމުގައި ހެލްތު ކޮމިޓީގެ ފަރާތުން ވަނީ އެ ޕްލޭނުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފަ އެވެ. 

އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމާއި، މިކަމާ ގުޅޭ ގާނޫނާއި ގަވާއިދުތަކަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން އެ ކޮމިޓީގެ މެމްބަރުން ނައިބު ރައީސް ފައިސަލް އާއެކު މަޝްވަރާ ކުރެއްވި އެވެ.

އޭގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ކެމްޕޭނެއް ހިންގުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ. 

މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އެ ޕްލޭންގެ ދަށުން މި ވަގުތު ފެށެން ހުރި މަސައްކަތްތައް ބައްލަވައި، އެ ކަންކަން ވީ އެންމެ އަވަހަކަށް ފެށުމަށް ހެލްތު ކޮމިޓީގެ މެންބަރުންނަށް އިރުޝާދު ދެއްވާފަ އެވެ. 

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް