ads
މާލޭ ސިޓީގެ މޭޔަރު ޝިފާ--
މޭޔަރު ޝިފާގެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފި
މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ، އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކު ރުމަށް އަނބުރާ އޭސީސީއަށް ފޮނުވާލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ، މޭޔަރު ޝިފާގެ މައްސަލާގައި ބައެއް ކަންކަން އިސްލާހުކުރުމަށް ހުރުމުން އެކަންކަން އިސްލާހުކުރުމަށް އޭސީސީއަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

ޝިފާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކްގެ މައްސަލައިގައި އޭސީސީން ތަހްގީގު ކުރި މައްސަލައާއި ގުޅިގެންނެވެ. އޭސީސީން ބުނެފައިވަނީ ޝިފާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ށ (ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާތީ ކަމަށެވެ.  

އޭސީސީ އިން ބުނެފައިވަނީ ޕާކު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ ދެ ފާހަނަބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަންސް އާ ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުސޫލަކުން ނޫންކަން ތަހްގީގަށް ފާހަގަކުރެވޭ ކަމަށެވެ.  

މިމައްސަލާގައި މޭޔަރު ޝިފާގެ މައްޗަށް ދައުވާކުރުމަށްޓަކައި، އޭސީސީން ޕީޖިއަށް މައްސަލަ ފޮނުވާފައިވަނީ ސެޕްޓެމްބަރު މަހުގެ 29 ގައެވެ.

މިމައްސަލާގައި މީގެކުރިން ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ ޝިފާއަކީ އާއިލީ ބޭފުޅެއްކަމުން އެ މައްސަލައިން ތަނާޒުލްވެފައިވާ ކަމަށް ވިދޅުވެފައެވެ. އަދި މައްސަލައާ މެދު ގޮތެއް ނިންމުން އޮތީ ޑެޕިއުޓީ ޕީޖީއާ ހަވާލުކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް