ads
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް--
އަންނަ އަހަރު ދެ ހޮސްޕިޓަލެއް ލާމަރުކަޒީ ކުރަނީ
އަންނަ އަހަރުގެ ފެބްރުއަރީގައި އިތުރު ދެ ޓާޝަރީ ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް ނިމި ހޮސްޕިޓަލުތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށޭނެ ކަަމށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު ނަސީމް އެކަން ހާމަކުރައްވާފައި ވަނީ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ޓަޝަރީ ހޮސްޕިޓަލުތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި މިހާރު މަސައްކަތްކުރަމުންދާ ގޮތަށް މަސައްކަތް ކުރާނަމަ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށް ހިންގޭނެ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ހިންގަން ފެށުމާއެކު އެ ހޮސްޕިތަލް ވެސް މިނިސްޓްރީން ބަލަހައްޓާ ތަންތަނުގެ ގޮތުގައި އޮތް އޮތުން ބަދަލުވެގެންދާނެ ކަމަށެވެ. އަދި އެތަންތަން ހިންގާނީ ވަކި ބޯޑެއްގެ ދަށުންކަން ފާހަގަކުރެއްވި އެވެެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ތަރައްގީކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ސިއްހީ ފަރުވާ ހޯދަން މާލެއަށް ބަރޯސާވާންޖެހޭ ޖެހުން ނިމުކަކަށް ގެނައުމަށް ޓާޝަރީ ހޮސްޕިޓަލު ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާއިރު ޖުމްހޫރީ ދުވަހު ގައުމާ މުހާތަބު ކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ރާއްޖެގެ ފަސް ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލު ގާއިމުކުރަން ފެށި އެތަންތަނުގެ ފައިދާ ލިބެން ފަށާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ހުރިހާ ދާއިރާއަކުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު އޭގެ ތެރޭގައި ސިއްހީ ދާއިރާ ލާމަރުކަޒުކުރުމުގެ 56 މަޝްރޫއުއެއް އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި އަތޮޅުތަކުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ފަސް ޓާޝަރީ ހޮސްޕިޓަލު އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ އިއުލާންކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް