ads
ސަލްޓަން ޕާކު ހުޅުވުމަށް ތައްޔާރު ވަނީ---
އަށް މަހަށް ފަހު ސަލްޓަން ޕާކު ހުޅުވާލަނީ
ކޮވިޑް-19 އަށް ސަލްޓަން ޕާކު އާއްމުންނަށް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލަން ތައްޔާރު ވެފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން ބުނީ އަލުން އެ ޕާކު ހުޅުވާލަން ނިންމާލުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ.

އެގޮތުން ޕާކު ތެރޭ ސާފުކުރުމާއި އަލުން އާއްމުންނަށް ހުޅުވާޅުމުގެ ގޮތުން ކޮވިޑް-19 ގެ މިހާލަތުގައި ޕާކު ތެރެއަށް ވަންނަ ފަރާތްތައް ސަމާލުކަން ދޭންޖެހޭ ކަންތައްތައް ދައްކުވާދޭ ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ވެސް މާލޭސިޓީ ކައުންސިލުގެ ފަރާތުން ދަނީ ކުރަމުންނެވެ. 

ކޮވިޑް-19 އިން ރައްކާތެރިވުމަށް އާއްމުކޮަށް އެއްވެ އުޅޭތަންތަން ބަންދުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން މާލޭ ސީޓީގެ ޕާކުތަކާއި މަޒާންތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެހެންނަމަވެސް މިހާރު ރާއްޖެއިން ކޮންމެ ދުވަހަކު ފެންނަ ކޮވިޑް ކޭސްތައް މަދުވަމުން ދިއުމާއި ގުޅިގެން އެޗްޕީއޭއިން އޭރު އަޅާފައިވާ ގިނަ ފިޔަޅުތަކަކަށް މިހާރު ވަނީ ލުއިި ދީފައެވެ.

އެޗްޕީއޭއިން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން ހަތަރުކަމަކުން ލުއި ދީފައިވެއެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ޔޫތު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ހުޅުވައިލުމާއި އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ ނުވާގޮތަށް ކުޅިވަރުތައް ބަލަން ދެވޭ ގޮތަށް ހަމަޖައްސާފައިވެއެވެ.

ގައިޑްލައިންތަކާ އެއްގޮތަށް، ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާ އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލުމަށް ނިންމި ނަމަވެސް އުސޫލްގައި ވާގޮތުން ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ބޭރަށް ނުދިޔުމާއި ފްލޫ ކްލިނިކަށް ދާން މެނުވީ ބޭރަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ބޭރުގައި އުޅޭއިރުވެސް މާސްކް އަޅާ އެހެން މީހުންނާއި ދެމެދު ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށް ސަމާލުކަން ދިނުމުގެ އިތުރުން ބޭރަށް ނުކުންނައިރު ހޭންޑް ސެނިޓައިޒާ ގެންދިއުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް