ads
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ---
މިނީ ބަހުގެ ވައުދު ނުފުއްދި ވަނީ ބަޖެޓް ހަމަނުޖެހިގެން
މިނީ ބަހުގެ ވައުދު މިއަދާ ހަމަޔަށްވެސް ނުފުއްދި ވަނީ ބަޖެޓް ހަމަ ނުޖެހިގެންކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
Advertisement

މާލެއަށް މިނީ ބަހުގެ ހިދުމަތް ތައާރަފް ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. މާލޭގެ ޓްރެފިކަށް ހައްލެއް ހޯދުމަށް މިއަހަރު ތެރޭގައި މާލެ އަށް މިނީ ބަސްތައް ތައާރަފް ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މީގެ ކުރިން ވިދާޅުވެފައިއެވެ.

ސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ނަހުލާ ވިދާޅުވީ މިިނީ ބަހަކީ ރައީސްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހިމެނިފައި އިން ކަމެއް ނަމަވެސް މިހާތަނަށް ޓްރާސްޕޯޓް މިނިސްޓްރީ ވައުދުތަކުގެ ތެރެއިން ނުފުއްދި އިން ވައުދަކީ އެއީކަމަށެވެ. އަދި އެ ވައުދު ނުފުއްދި ވަނީ ބަޖެޓް ގެ ތާށިކަން އައުމުގެ ސަބަބަުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" ސަބަބަކީ އަޅުގަނޑުމެންނަށް ބަޖެޓްގެ ތާށިކަން އައުން. އަޅުގަނޑުމެން ފުރަތަމަ ވެސް ހަ މަސް ދުވަހުގެ ތެރޭގައި އެމްޓީސީސީއާއި ހަވާލުކޮށްގެން އޭރުގައި ހަމަ ބަޖެޓް ހަމަނުޖެހިގެން އަޅުގަނޑުމެންނަށް ލަސްތަކެއް ވެގެން ގޮސްފަ ވަނިކޮށް އަނެއްކާވެސް ކޮވިޑްގެ ހާލަތަށް އާސްފަ އިތުރަށް އަޅުގަނޑުމެންނަށް ދަތިތަކެއް ކުރިމަތިވެފައި މިވަނީ އެހެންވީމަ މިހުރިހާ ސަބަބަކާއި ހެދި އަޅުގަނޑުމެންނަށް މި މަސައްކަތް ލަސްވަމުންދިޔައީ. " މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ބޭރުގެ ފަރާތްތަކުންވެސް އެކަމަށް އެހީ ހޯދުމަށް ވަރަށް މަސައްކަތް ކޮށްފައިވާނެކަމަށެވެ. އެހެންނަމަވެސް އެންމެ އެދެވޭ އެހީތެރިކަމެއް ބޭރުގެ ފަރާތްތަކުންވެސް ލިބިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިއަންނަ އަހަރުގެ ބަޖެޓްގައި އެކަން ހިމެނިގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ބަޖެޓް ގައި ހިމެނުމަކީ މިއަންނަ އަހަރު މިނީ ބަހުގެ މަަސައްކަތް ކުރެވޭނެކަމުގެ ފެހި ސިގްނަލެއް ކަމަށެވެ. އަދި މިއަންނަ އަހަރު އެކަން ކުރެވޭނެ ކަމަށް ގަބޫލް ކުރަށްވާކަަމަށްވެސް ވިދާޅުވިއެވެ.

މާލެއަށް މިނީބަހުގެ ހިދުމަތް ތައާރަފްކުރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި މިނީ ބަސް ތާއާރަފްކޮށް މާލެ ތެރޭގައި ވެސް ބަހުގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ. 

19 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިނީ ބަސް ތައާރަފު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ގުޅިގެން ކުރައްވަމުން ގެންދާކަމަށެވެ. އަދި 14 އޮކްޓޯބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައައާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ކުރީ ކޮޅު މިނީ ބަސްތައް ތައާރަފް ކުރެވިގެން ދާނެ ކަމަށެވެ. 

އެހެންނަމަވެސް މިނިސްޓަރު ވައުދުވެފައި އޮތް ތާރީހް ފަހަނަ އަޅާ ދިޔައިރުވެސް އެ މަަަސަައްކަތް ފެށިފައެއް ނުވެއެވެ. އަދި އެ މަސައްކަތް ލަސްވާ ސަބަބުވެސް މީޑިއާތަކާއި މިއަދާ ޖެހެންދެން ހިއްސާކޮށްފައެއް ނުވެއެވެ. މިއަދު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި އެ މަސައްކަތް ލަސްވަނީ ބަޖެޓް ހަމަނުޖެހިގެންކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއިރު މީގެ ކުރިން އެމްޓީސީސީ ވަނީ އެ މަސައްކަތުގެ ފީޒިބިލިޓީގެ މަސައްކަތް ނިންމާ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް