މިހަމަލާތަކުގައި އާއްމުންގެ 10 މީހަކާއި 5 ސިފައިން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ އަށް ނިސްބަތްވާ 6 މީހަކާއި 3 ސިފައިންނެވެ. އަދި ޕާކިސްތާނަށް ނިސްބަތްވާ އާއްމުންގެ ހަތަރު މީހަކާއި ސިފައިންގެ މީހަކެއެވެ.
ޕާކިސްތާނުން ވެރިކަންކުރާ ކަޝްމީރުގައި 22 މީހަކު ޒަހަމްވެފައިވާ ކަމަށާއި އަދިވެސް އެ ސަރަހައްދުން މީހުން މަރު ރިޕޯޓް ކުރަމުން އަންނަ ކަމަށް ޕާކިސްތާން ސީވިލް އެޑްމިނިސްޓްރޭޝަނުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.
މިއަދުގެ ހަމަލާ ތަކާއި ގުޅިގެން ޕާކިސްތާން ފޮރިން މިނިސްޓްރީ އިން ވަނީ އިންޑިއާގެ އިސް ޑިޕްލޮމޭޓަކު ހާޒިރުކޮށްފައެވެ.