ގައުމީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ދުއާ ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ރާއްޖެ މިނިވަންކަންމަތީ އޮތުމުގެ މަސްދަރަކީ އިސްލާމްދީން: ރައީސް
Share
ދިވެހިރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުން ދަންނަވަމުން ކުރެއްވި ޓްވީޓެއްގައެވެ. 

ރައީސް ވިދާޅުވީ މި ރާއްޖެ މިނިވަން ގައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށެވެ.

ރައީސްގެ ޓްވީޓުގައި އެމަނިކުފާނު ވަނީ، އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދެމެހެއްޓެވުންއެދި ދުއާކުރައްވާފައެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އިތުރުން ނައިބު ރައީސް ފައިސަލް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނުވެސް ވަނީ، ރާއްޖެ އިސްލާމްވީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އެމަނިކުފާނި ވިދާޅުވީ، ދިވެހިންނަށް ލިބުނު އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީނުގެ އަލިގަދަ ނޫރުން ހިތްތައް އަލިކުރެއްވުން ކަމަށެވެ.

ނައިބު ރައީސް ވަނީ، ދިވެހިން ތާއަބަދަށް މުސްލިމުން ކަމުގައި ދެމިތިބުމުގެ ހެޔޮތައުފީގު ދެއްވުންއެދި ދުއާކުރައްވާފައެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް